ކެނެޑާ އަށް އުފަން މަޝްހޫރު ލަވަކިޔުން ތެރިޔާ ޝޯން މެންޑޭސް ގެ އައު ލަވައެއް ރިލީޒް ކޮށްފިއެވެ.
މި ލަވަ ރިލީޒް ކޮށްފައިވަނީ 2 އޮކްޓޯބަރ ގައި އެވެ. "ވޮންޑަރ" މި ލަވައަކީ އޭނާ ކުރިއަށް ނެރެން ހަމަޖެހިފައިވާ އަލްބަމްގެ ޓައިޓަލް ލަވައެވެ. އަލްބަމް ނެރެން ހަމަޖެހިފައިވާ ވަނީ 4 ޑިސެމްބަރުގަ އައިލެންޑް ރިކޯރޑްސް އިންނެވެ.
މިހާތަނަށް މި ލަވަ އަށް ދަނީ ގިނަ ބަޔެއްގެ ތަރުހީބު ލިގެންނެވެ. ޔޫޓިއުބްގެ ޓްރެންޑިންގ ފަސް ވަނާގައި އޮތް އިރު 6.6 މިލިއަން ފަރާތްތަކުން ވަނީ އެ ލަވަ ބަލާފައެވެ. ޓްވިޓާރ ގައިވެސް ޓްރެންޑިން އެއް ހަބަރަކަށް ވާއިރު ގިނަބަޔަކު ގަޔާވާ އެއް ލަވަޔަށް "ވޮންޑަރ" ވެފައި ވާކަން ފާހަގަ ކުރެވެއެވެ. މި ލަވައިގެ ވީޑިއޯ ޑައިރެކްޓް ކޮށްފައިވަނީ މަޓީ ޕީކޮކްއެވެ. މި ލަވައިން ނެށުމުގެ ހަރަކާތްތައް ފެނިގެން ދާކަންވެސް ފާހަގަ ކޮށްލެވެއެވެ.
އިންޓަރވިއު އެއްގައި ވާހަކަ ދައްކަމުން ޝޯން ބުނީ ޖަރނަލް ގައި ލިޔަން ފަށާފައި ހިތުގައި އޮތް ވާހަކަތައް ހިއްސާ ކުރި ކަމަށެވެ. ލަވައެއް ހެދުމަށް ދެތިން ގަޑިއިރު ނުނެގޭނެ ކަމަށާއި އެކަމަށް އެތަކެއް ދުވަސްތަކެއް އަދި ގިނަ ހަފްތާ އަކަށް ދިގު ދެމިގެންދާނެކަން ވެސް ޝޯން ފާހަގަ ކުރިއެވެ. އަދި ގިނަބަޔަކަށް ކަމުދާނެ ލަވަޔަކަށް އުއްމީދު ކުރާކަން ބުނިއެވެ. ހާއްސަކޮށް އޭނަގެ ފޭނުންނަށް ކަމުދާނެ ލަވަޔަކަށް ވާނެ ކަމަށް ވެސް ބުނިއެވެ.
ސްޓިޗަސް ، އައި ނޯ ވަޓް ޔޫ ޑިޑް ލާސްޓް ސަމާރ ފަދަ އެތަކެއް މަގްބޫލު ލަވަތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފަ ވާއިރު އޭނާގެ ލޯބިވެރިޔާ ކަމިލާ ކެބޭޔޯ އާއި އެކު 2018 ވަނަ އަހަރު ނެރުނު ލަވަ "ސެނިއޮރީޓާ" ވަނީ ބިލްބޯރޑްގެ 55 ވަނަ ރޭންކަށް އަރާފައެވެ. އަދި މި ލަވަޔަށް ވަނީ ގިނަ އެވޯރޑް ތަކެއް ވެސް ވަނީ ލިބިފައެވެ.