ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 13:33
ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ
ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރު ފެށުން
ގަން އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
 
އައްޑޫ ސިޓީގެ މަގުތަކުގެ ތެރެއިން 40 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް
 
އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީގެ އިޤްތިޞާދަށް ފައިދާކުރާނެ
 
ވައިގެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުންވެސް ދަނީ މަޝްވަރާ ކުރަމުން

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޮނިހިރު ދުވަހު ގަން އިންޓަރނޭޝަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، މި ތާރީޚީ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލާއި، މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމާއި، އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ޤަވާޢިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުން ވެސް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއެކުގައި މިނިސްޓްރީން މަޝްވަރާކުރަމުންދާ ކަމަށެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ވަކިން ޚާއްޞަ ގޮތެއްގައި އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް އަންނަ ފަތުރުވެރިން އިތުރުކުރުމާއި، އައްޑުއާއި ފުވައްމުލަކާއި ހުވަދުއާ ދޭތެރޭގައި ރައްޔިތުން ދަތުރުފަތުރުކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، އައްޑުއާއި ހުވަދުއާ ދޭތެރޭގައި ސީ ޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތުގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި، ކާރގޯ ފެސިލިޓީސްއާއި، އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި އެހެނިހެން ވަޞީލަތްތައް ތަރައްޤީ ކުރުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ އެކުގައި މުހިންމު މަޝްރޫޢެއް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ އަދި އައްޑޫ ސިޓީގެ މަގުތަކުގެ ތެރެއިން 40 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއްގެ މަސައްކަތްވެސް ކުރިއަށްދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
50%
0%
0%
ކޮމެންޓް