ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 08:16
އެމްޕީއެލް އިން ބަލަހައްޓަމުން ގެންދާ މާލެ ޕޯޓް ސަރަހައްދު
އެމްޕީއެލް އިން ބަލަހައްޓަމުން ގެންދާ މާލެ ޕޯޓް ސަރަހައްދު
ކަސްޓަމްސް
އެމްޕީއެލް
ޓެރިފްތަކުގެ ތެރޭގައި ހިމެނޭ އެހެން ސަރޗާޖްތައް ނަގާނެ، އުވާލީ ހަމައެކަނި ދަންވަރު ނަގާ ސްޓީވްޑޯރިން ސަރޗާޖް: އެމްޕީއެލް
ރޭގަނޑު 23:30ން ހެނދުނު 07:30 އާއި ދެމެދު ދެވޭ ހިދުމަތްތަކުން ނަގާ 30 އިންސައްތައިގެ ސާޗާޖް އުވާލާފައިވަނީ
ޓެރިފްތަކުގެ ތެރޭގައި ހިމެނޭ އެހެން ސަރޗާޖްތައް ކުރިއެެކޭ އެއްގޮތަށް ނަގަމުންދާނެ

ޓެރިފްތަކުގެ ތެރޭގައި ހިމެނޭ އެހެން ސަރޗާޖްތައް ނަގާނެ ކަމަށާއި އުވާލީ ހަމައެކަނި ސްޓީވްޑޯރިން ސަރޗާޖް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނީ 13 ސެޕްޓެމްބަރުން ފެށިގެން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ރޭގަނޑު 23:30ން ހެނދުނު 07:30 އާއި ދެމެދު ދެވޭ ހިދުމަތްތަކުން ނަގާ 30 އިންސައްތައިގެ ސާޗާޖް އުވާލާފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކަށް އެކަމުގައި އޮޅުން އަރާފައިވާ ކަމަށެވެ. އަދި ޓެރިފްތަކުގެ ތެރޭގައި ހިމެނޭ އެހެން ސަރޗާޖްތައް ކުރިއެެކޭ އެއްގޮތަށް ނަގަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލް އިން ވަނީ ނަގާ ޗާޖުތައް ޓެރިފް ފޮތެއްގައި އާންމުކޮށް ޕަބްލިޝް ކޮށްފައެވެ. އަދި ފޮތުގައި ނަގާނެ ކަމަށް ބަޔާން ކޮށްފައިވާ ޗާޖުތައް ފިޔަވައި އިތުރު އެއްވެސް ޗާޖެއް އެމްޕީއެލް އިން ނުނަގާނެ ކަމަށާއި ޗާޖެއް ނަގާނަމަ، ވަރަށް ސާފުކޮށް އެ ޗާޖު ނަގަނީ ކޮންބައެއްގެ އަތުން ކަމާއި، ކޮންކަމާ ގުޅިގެންކަން ވެސް އެ ފޮތުން އެނގެން އޮންނާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެ ފޮތް އެމްޕީއެލްގެ ވެބްސައިޓުން ވެސް ފެންނާނެ ކަމަށާއި އެ ފޮތުގައި އެމްޕީއެލް އިން ނަގާނެ ޗާޖުތައް ވަރަށް ސާފުކޮށް އިނގޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ އެޑިޝަނަލް ޕޯޓްސް ރިކަވަރީ، އިކުއިޕްމަންޓް އިމްބެލެންސް ރިކަވަރީ އަދި އޮޕަރޭޝަން ޕޯސްޓް ރިކަވަރީ ފަދަ ޓެރިފް ތަކަކީ ޕޯޓުގެ ތެރެއިން ހިނގާ ހަރަދުތަކަށް ނަގާ ފީތަކެއް ނަމަވެސް އެއީ އެމްޕީއެލް އިން އެކުންފުންޏަށް ނަގާ ފީތަކެއް ނޫން ކަމަށެވެ.

- ކޮމެންޓް