ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 14:46
ޔެ ރިޝްތާ ހޭ ޕްޔާރް ކޭ
ޔެ ރިޝްތާ ހޭ ޕްޔާރް ކޭ
ބޮލީވުޑް ލައިފް
ޑްްރާމާ ސީރީޒް
ޔެ ރިޝްތާ ހޭ ޕްޔާރް ކޭ ނިމުމަކަށް
ޓީވީ ތަކުން ނުދެއްކުމަށް ނިންމާފަ
ބަދަލުގައި "ސާތު ނިބާނާ ސާތިޔާ2" ދެއްކުމަށް ވަނީ ހަމަ ޖެހިފަ
އެންމެ ފަހު އެޕިސޯޑު ދައްކަން ހަމަ ޖެހިފައި ވަނީ 17 އޮކްޓޫބަރ 2020 ގަ

އިންޑިޔާގެ މަޝްހޫރު ޑްރާމާ ސީރީޒް ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގެ ސްޕިން އޯފް، " ޔެ ރިޝްތާ ހޭ ޕްޔާރް ކޭ" ޓީވީ ޗެނަލްތަކުން ނަގަން ނިންމައިފައެވެ.

މި ޑްރާމާ ސިލްސިލާއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފޭނުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައެވެ. އަދި ގިނަ ބައެއްގެ ލޯބި ވަނީ މި ޑްރާމާ ސީރީޒް އަށް ލިބިގެން ގޮސްފައެވެ.

މި ޑްރާމާ ގެ ބަދަލުގައި "ސާތު ނިބާނާ ސާތިޔާ 2" ދެއްކުމަށް ވަނީ ހަމަ ޖެހިފައެވެ. "ޔެ ރިޝްތާ ހޭ ޕްޔާރް ކޭ" ގެ ލީޑް ރޯލް އިން ފެނިގެން ދާ ޝަހީރު ޝޭޙް އަދި ރިއާ ޝަރްމާ ނުވަތަ ޑްރާމާ ގެ ނަމުން މަޝްހޫރު، އަބީރު އަދި މިޝްތީ އަކީ އިންޑިއަގެ ޓެލެ ޑްރާމާ ސީރީޒް ތަކުން ބެލުންތެރިންގެ ތެރެއިން އެންމެ މަގުބޫލު ޖޯޑެވެ. މި ޑްރާމާގެ އެންމެ ފަހު އެޕިސޯޑު ދައްކަން ހަމަ ޖެހިފައި ވަނީ 17 އޮކްޓޫބަރ 2020 ގައެވެ.

ޔެ ރިޝްތާ ހޭ ޕްޔާރް ކޭ

މި ސިލްސިލާ ޑްރާމާގެ ކާސްޓު މެމްބަރުންނަށް ލިބުނު ޝޮކަށް ވުރެ މި ޑްރާމަގެ ފޭނުންނަށް ލިބުނީ މާ ބޮޑު ހިތާމަ އެކެވެ. މި ކަމާ ނުރުހުން ފާޅުކޮށް ފޭނުން ދަނީ އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ. މިހާތަނަށް ފޭނުން ދިޔައީ މި ޑްރާމާ ދިގު ދެމުމަށްޓަކައި އެދެމުންނެވެ.

މި ޚަބަރު ލިބުމުން ޕްރޮޑިއުސާރ ރާޖަން ޝާހީ އާއި ދޭތެރޭ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދާކަންވެސް ފާހަގަ ކޮއްލެވެއެވެ. މި ޑްރާމާ ޓީވީތަކުން ދެއްކުން ހުއްޓުމާއި ގުޅިގެން ސްޓަރ ޕްލަސް ޗެނަލް ބޮއިކޮޓް ކުރަންވެސް ބައެއް ފޭނުން ވަނީ ނިންމާފައެވެ.

ފޭނެއްގެ ޝުއޫރު
- ކޮމެންޓް