ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 06:31
ބެލް ބޮޓަމް ޕޯޯސްޓަރ
ބެލް ބޮޓަމް ޕޯޯސްޓަރ
ޓްވިޓަރ
ބޮލީވުޑް
ބެލް ބޮޓަމްގެ ޝޫޓިންގ ނިމިއްޖެ
ބެލް ބޮޓަމްގެ ޝޫޓިން އެއްކޮށް ނިންމިއްޖެ
މި ބަލިމަޑުކަމުގެ ދުވަްސްވަރު ޝޫޓް ކޮށް ނިމުނު ފުރަތަމަ ފިލްމު
ފިލްމު ރިލީސް ކުރަނީ 2 އޭޕްރިލް 2021 ގައި

އިންޑިޔާގެ އެންމެ މަގުބޫލު ފިލުމްސްޓާރ، އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލައިފިއެވެ.

މި ފިލްމަކީ ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ދުވަސްވަރު ފެށި ޝޫޓިން އެކެވެ. އަދި މި ފިލްމް ޝޫޓްކޮށް ނިމުމާއެކު ވެގެން ގޮސްފައިވަނީ، މި ބަލިމަޑުކަމުގެ ދުވަސްވަރު ޝޫޓް ކޮށް ނިމުނު ބޮލީވުޑްގެ ފުރަތަމަ އަދި ހަމަ އެކަނި ފިލްމަށެވެ.

ފިލްމުގެ ޕޯސްޓަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަކްޝޭ ބުނީ އެކަނި މާބޮޑު ކަންތައް ނުކުރެވުނަސް އެންމެން އެކު އެހީތެރިކަން ލިބި ގިނަ ކަންތައް ހާސިލް ކުރެވޭނެ ކަމަށެވެ. އަދި މިކަމުގައި ބައިވެރިވި ކްރޫ މެމްބަރުންނަށް ވެސް ޝުކުރު އަދާކޮށްފައި ވެއެވެ.

އިންސްޓަރގްރާމް ގައި ޝެއާރ ކުރި ޕޯސްޓް

އެހީތެރިވި ހުރިހާ މީހުންނަށް ވަކި ވަކކިން ޝުކުރު އަދާ ކުރަމުން އަކްޝޭ ބުނީ މި ނިއު ނޯރމަލް ތެރެއިން އިންގިގެން ދިޔައީ ތަފާތު އެކި ގޮތްތަކާއި އުކުޅުތައް ބޭނުން ކޮށްގެން ކުރިއަށް ދެވޭނެކަމެވެ. އަދި ދުނިޔޭގެ ފިލްމް އިންޑަސްޓްރީތަކަށް ވެސް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމައްވެސް ފާހަގަ ކުރިއެވެ. މީގެ އިތުރުން އަކްޝޭ ފާހަގަ ކުރީ ސަލާމަތީ ފިޔަވަޅުތަކަށް ބަލައިގެން ކުރިއަށް ދެވޭނެކަމުގެ ޔަގީން ކަންވެސް އެބައޮތްކަމަށެވެ.

މި ފިލްމުގެ އަންހެން ލީޑް ރޯލްގައި ފެނިގެންދާ ވާނީ ކަޕޫރު ބުނީ މިއީ މިހާތަނަށް އޭނައަށް ކުޅެވުނު ފިލްމް ތަކުގެ ތެރެއިން އެންމެ ފަސޭހައިން ނިންމާލެވުނު ޝޫޓިން ކަމަށެވެ. ނަމަވެސް ކޮވިޑް19 ގެ ބަލިމަޑުކަމުގެ ބިރު ހިތުތެރޭގައި އޮތްކަން ފާހަގަ ކުރަމުން އިތުރަށް ބުނީ ޕޫޖާ އެންޓަރޓެއިންމަންޓަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އަކްޝޭ ކުމާރު އަދި ވާނީ ކަޕޫރު

މި ފިލްމް އާންމުންނާއި ހަމަޔަށް ގެނެސްދެވެނީ އަންނަ އަހަރުގެ އޭޕްރިލް 2 އަށެވެ. މި ފިލްމް ޑައިރެކްޓު ކޮށްފައި ވަނީ މަޝްހޫރު ޑައިރެކްޓަރ ރަންޖިތު ތިވާރީއެވެ. އޭނާ ޑައިރެކްޓު ކުރި އިތުރު ފިލްމުގެ ތެރޭގައި "ބަދްލާޕޫރު" އަދި "ވަޒީރު" ފަދަ ފިލްމުތަޢް ހިމެނެއެވެ.

- ކޮމެންޓް