ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 12:00
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުން: ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަނީ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުން: ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަނީ
ފޭސްބުކް
އިންފޮމޭޝަން ކޮމިޝަނަރު
އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ދިވެހިން ބަހުން ލިޔެފައި ހުންނަ ލިޔުން ނޫނީ ބަލައި ނުގަންނަން ނިންމާފައި

ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ފިޔަވާ އިތުރު ބަހަކުން ލިޔެފައިވާ ލިޔުންތައް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލައި ނުގަންނަން ނިންމާފައިވާ ކަމަށް، ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ މަގުސަދުގައި ނިންމި މި ނިންމުމަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

އެންމެ ބޮޑަށް ފާޑު ކިޔަނީ އެނިންމުން ނިންމި އޮފީހުގެ ނަމާއި އެ އޮފީހުގެ ވެރިޔާއަށް ނިސްބަތްވާ ނަމާ މެދުގައެވެ.

"އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" އަދި "އިންފޮމޭޝަން ކޮމިޝަނަރ" އަކީ އިނގިރޭސި ބަހުން ދީފައިވާ ނަންތަކެކެވެ. މި ކޮމިޝަން ވުޖޫދުވީ، މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުންނެވެ. މިއީ މިފަދަ ފުރަތަމަ ގާނޫނެއް ވެސް ނޫނެވެ. ޕަބްލިކް ސާރވިސް މީޑީއާގެ ގާނޫނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނާއި ޖެންޑަރ އިކުއަލިޓީގެ ގާނޫނުތައް ފަދަ ގާނޫނުތަކަށް އިނގިރޭސި ބަހުން ނަން ދީފައިވެ އެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހާއި މިހެން ގޮސް އެތައް މުއައްސަސާއެއް އެބަ ހުއްޓެވެ.

މީގެ ކުރިން ޝަރުއީ ދާއިރާއަށް ބަލާއިރު، ކޯޓްތަކުގެ ނަންތައް ހުންނަނީ ދިވެހި ބަހުންނެވެ. ނަމަވެސ މިހާރު، ޖިނާއި ކޯޓަށް، ކްރިމިނަލް ކޯޓެވެ. މަދަނީ ކޯޓަށް، ސިވިލް ކޯޓެވެ. މިފަދަ ބަދަލުތައް ގެނެސްފައި ވަނީ ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ދިވެހި ބަހަށް އިސްކަން ނުދެއްވާތީބާއޭ ސުވާލު އުފެދެ އެވެ. ހާއްސަކޮށް މިފަދަ ގާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ ސަރުކާރުންނެވެ. ސަރުކާރުން ދިވެހި ބަހަށް އިސްކަން ނުދެނީ ހެއްޔެވެ؟

ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ފިޔަވާ އެހެން ބަހަކުން ލިޔެފައިވާ ލިޔުންތައް ބަލައި ނުގަންނަ ގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި މިނިންމުމަކީ ދައުލަތުގެ އިދާރާއަކުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

މިއީ ތަންފީޒު ކުރެވިދާނެ ކަމެއް ހެއްޔެވެ؟

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ވަރަށް ގިނަ ބަޔަކާއި ގުޅިފައިވާ އޮފީހެއްކަން އެނގިހުރެ، އެފަދަ ނިންމުމެއް ނިންމީތީ ހައިރާންވެ އެވެ. ރާއްޖޭގައި ބޭރު ގައުމުތަކުގެ ހައިކޮމިޝަންތަކާއި ބޭރު ގައުމުތަކުގެ ވިޔަފާރިކުންފުނިތައް ވެސް އެބަ ހުއްޓެވެ. އެ ފަރާތްތަކުން ވެސް މައުލޫމާތެއް ހޯދަން ބޭނުން ނަމަ ނުވަތަ އެ ނޫން ވެސް ކަމެއްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ސިޓީ ފޮނުވަން މި ޖެހެނީ ދިވެހި ބަހުންނެވެ. ނުވަތަ ބޭރުގެ އިއްޒަތްތެރިއަކު ކޮމިޝަނަރާ ބައްދަލުކުރައްވަން ދައުވަތެއް ދެއްވަން ބެއްލެވިޔަސް މިޖެހެނީ އެ ދައުވަތެއް ދިވެހި ބަހަށް ތަރުޖަމާ ކުރަންށެވެ.

މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އެކި މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްދޭ މައި އިދާރާ ކަމަށްވުމުން ފަހަރުގައި ބައެއް މައުލޫމާތުތަކަކީ އިނގިރޭސި ބަހުން ކޮންމެހެން ބޭނުންވާ މައުލޫމާތުތަކަކަށް ވެސް ވެދާނެ އެވެ. އެހެން ކަމަށް ވާ ނަމަ އެ މައުލޫމާތު ހޯދުމަށް ވެސް އެދެން މިޖެހެނީ ދިވެހި ބަހުން ލިޔާ ސިޓީއަކުންނެވެ. އެހެން ކަމަށް ވާ ނަމަ އެއަށް ދޭ ޖަވާބު ވެސް އޮންނަން ވާނީ ދިވެހި ބަހުންނެވެ. މާނައަކީ އިނގިރޭސިން ހިމެނޭ މައުލޫމާތު ދޭ ނަމަ އެ މައުލޫމާތު ދޭންޖެހޭނީ ދިވެހި ބަހަށް ތަރުޖަމާކޮށްގެންނެވެ.

 އެހެންވެ، މިއީ ތަންފީޒުކުރަން އުނދަގޫ ނިންމުމަކަށް ވާނެ އެވެ. އޭގެ އިތުރުން ދިވެހި ބަހުން ފޮނުވާ ސިޓީއެއް ވެސް ފުރިހަމަ ދިވެހި ބަހަކުން ނުފޮނުވާނެ އެވެ. ތާނަ އަކުރުން އެކުލަވާލި ނަމަވެސް، ކޮންމެ ސިޓީއެއްގައި ވެސް އިންފޮމޭޝަން ކޮމިޝަނަރު މި ނަމާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މި ނަން ބޭނުންކުރަން ޖެހޭނެ އެވެ. އެހެންވެ، އެއްވެސް ސިޓީއެއް ބަލައި ގަންނާނެތޯ ސުވާލު އުފެދެ އެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ފުރަތަމަ ކުރަންވީ ކަމަކީ "އިންފޮމޭޝަން ކޮމިޝަނަރ"ގެ ނަން ބަދަލުކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 އޭޕްރިލް 2017 | ބުރާސްފަތި 20:42
Gamaaru
dhivehi bahun liyumey bunefai evanee dhivehi bahun sitee ibaaraaiy koffaa othumah. E sitee gai ehen baheh ge lafuzeh beynun nukuraa vaahaka eh noon. Thaneh dhoreh neygunas thiyavaru bodu.
19 އޭޕްރިލް 2017 | ބުދަ 11:39
އަލިބެއްޔާ
މި ޚަބަރަކީ ވަރަށް ޣައިރު ޒިންމާދާރު ޚަބަރެއް ކަމަށް ބެލެވެނީ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ގޮތް އޮޅުން ފިލުވައިލަން އެތަނަށް ގުޅުއްވި ނަމަ ތެދު މަޢުލޫމާތު ޖެހުނީސް
19 އޭޕްރިލް 2017 | ބުދަ 11:34
އަލީ
ނުބައި މަުއުލޫމާތު ލިޔާ ކަަށް ނުވާނެ. އެ އޮފީހުން ޓީވީ އަށް ދިން ބަސް ދީ ގަތުމުގައި ބުނެފައިވަނީ ދައުލުތުގެ މުއައްސަސާ ތަކާއި ދިވެހިން ފޮނުވާ ލިޔުންތައް ދިވެހި ބަހުން ހުންނަން ޖެހޭނެކަން . . . .
19 އޭޕްރިލް 2017 | ބުދަ 11:31
އަލީ
ރަނގަޅަށް މަައުލޫމާތު އެއް ނުކުރައްވާ ލިޔާ ކަމީ ހިތާމަ ހުރި ކަމެއް އެ އޮފީހުން ބުނެފައިވަނީ ދިވެހިން އަދި ދިވެހި ރާއްޖޭގައި އުފައްދާފައި ހުންނަ ދިވެހި އޮފީސ
19 އޭޕްރިލް 2017 | ބުދަ 11:29
ޢަލީ
ސައްހަ މައުލޫމާތު އެއް ކުރުމެއް ނެތި މިލުުން ލުޔުއްވީތީ ހިތާމަ ކުރަން ވަރަށް ސާފު ކޮށް އެ އޮފީހުން ބުނެފައިވޭ ބިދޭސީ އަކު އޭނާ އަށް އިނގޭ ބަހަކުން ލިޔެފަ ފޮނުވާ ލިޔުންތައ
19 އޭޕްރިލް 2017 | ބުދަ 08:41
އެކަޑަމީގެ ރައީސް
އިންފޮމޭޝަން ކޮމިޝަނަރ އަކީ އިގިރޭސި ބަހަކަށް ވެދާނެ.. އެކަމަކު އޭގެ ދިވެހިބަސްވެސް އެބައޮތް "އިނުފަމޭޝަނު ކަމިޝަނަރު" ... ދިވެހިބަހުގެ "އެކަޑަމީ" އަކީވެސް ދިވެހި ނަމެއް.. ދިވެހިބަސް ނޭއްގި މިކަހަލަ ލިޔުންތައް ލިޔާތީ މައްސަލައަކީ
19 އޭޕްރިލް 2017 | ބުދަ 08:25
ކަރުކުރުބައިސީ
މީތި ކަޑައޭ، މައުލޫމާތު ރަނގަޅަށް ސާފުނުކޮށް މިލެފަ މިއޮތީ، ޓީވީ އަށް އަރާ ޖަމާލު ބުންޔޭ ބޭރު މީހުންގެ އެއްޗެހި އިނގިރޭސި ބަހުން ބަލައިގަންނާނަމޭ