ރިތިކްގެ ފަރާތުން އިންޑިއާގެ ނެށުންތެރިއަކަށް ބޮޑު އެހީއެއް ދީފިއެވެ.
މީގެ ކުރިން ވެސް އެކި ކަންކަމާ ގުޅިގެން ފައިސާގެ އެހީތައް ދީފައިވާ އެކްޓަރު މި ފަހަރު އެހީ ދިނީ އިނގިރޭސިވިލާތުގެ އިންގްލިޝް ނެޝަނަލް ބެލޭ ސްކޫލް އޮފް ލަންޑަން ގައި ތަމްރީނުވުމުގެ ފުރުސަތު ލިބުނު ކަމަލް ސިންގްއަށެވެ.
ރިތިކްގެ އެހީތެރިކަން ކަމަލްއަށް ފޯރުކޮއްދީފައިވަނީ ކަމަލް ގެ އާއިލާގެ މާލީތަނަވަސްކަން ނެތުމުގެ ސަބަބުން ލިބުނު ފުރުސަތު ގެއްލިދާނެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާކުރުރުމާއި ގުޅިގެންނެވެ. ރިތިކް ވަނީ ކަމަލްއަށް ތިން ލައްކަ ރުޕީސްގެ މާލީ އެހީތެރިކަމެއް ރިތިކް ފޯރުކޮއްދީފައިވެއެވެ.
މި އެހީތެރިކަން ފޯރުކޮއްދިންކަން ހާމަކޮއްފައި ވަނީ ކަމަލްގެ ޑާންސް ޓީޗަރު މާރިއޯ ފަނެންޑޯ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓާއެކުގައެވެ. ފަނެންޑޯ ވަނީ ރިތިކަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފައެވެ.