ބޮލީވުޑްގައި އުފެދިގެން އުޅޭ ނެޕޮޓިޒަމްގެ ވާހަކަތަކަށް ސޯނޫ ސޫދް ވާހަކަ ދައްކައިފިއެވެ.
ސޯނޫ ބުނީ އިންޑަސްޓްރީގައި ބާރުގެ ބޭނުން ކުރެވެން ތިބި މީހުން ބާރުގެ ބޭނުންކުރަމުން އަންނަކަމަށެވެ. ސޯނޫ ބުނީ އޭނާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްނުވާ މީހަކަށްވުމުން ވަރަށް ގިނަ ގޮންޖެހުންތައް ދިމާވިކަމަށެވެ. އެގޮތުން އޭނާގެ ފުރަތަމަ ފިލްމްގެ ޕޯސްޓަރުތަކުން އޭނާގެ ފޮޓޯ ނަގާފައިވާކަމަށެވެ.
ސޯނޫ ބުނީ އެކަހަލަ ކަންތައްތަކާއި ކުރިމަތިލުމަށް އިންނާނީ ދެގޮތެއްކަމަށެވެ. އެއްގޮތަކީ ޕޯސްޓަރަށް ނޭރުވި ސަބަބާއި މެދު އަމިއްލައިން ޝަކުވާކުރުން ނޫނީ އަމިއްލަ މީހާގެ އަގުވަޒަންކޮށް، މީހުން ބަލައިގަންނަ މީހަކަށް ވާން ބުރަކޮށް މަސައްކަތްކޮށް މީހުން އޭނާގެ ފިލްމްތައް ބެލުމަށްފަހު ޕޯސްޓަރުން އޭނާ ނުފެނުނީ ކީއްވެގެންތޯ ސުވާލު އުފެއްދުމެވެ.
ސޯނޫ އިތުރަށް ބުނެފައިވަނީ އޭނާ މުޅި އިންޑަސްޓްރީއަށް އިންގިލި ދިއްނުކުރާކަމަށާއި އިންޑަސްޓްރީގައި އެގޮތަށް އުޅެނީ ވަކިބައެއްކަމަށެވެ.