ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 18:36
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް- ޓްރަމްޕްގެ މި ނިންމެވުން މަޑުޖައްސާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް- ޓްރަމްޕްގެ މި ނިންމެވުން މަޑުޖައްސާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން
ސީ.އެން.އެން
އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަޤާމަށް ފޮނުވާނީ އަންހެން ކަނބަލެއްގެ ނަން"
 
ގިންސްބާގް އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗުގައި އިންނެވި އެންމެ ދުވަސްވީ ފަނޑިޔާރު
 
އެ ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން
 
މަތީ ކޯޓުގެ ކޮންޓްރޯލް ހޯދުމުގެ ވާދަވެރިކަން ވަނީ ބޮޑުވެފައި

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ރޫތް ބާޑާ ގިންސްބާގް އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ މަޤާމަށް ފޮނުއްވާނީ އަންހެން ކަންބަލެއްގެ ނަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އުމުރުފުޅުން 87 އަހަރުގައި ގިންސްބާގް އަވަހާރަވެފައިވާއިރު، އެ މަޤާމަށް އައްޔަނު ކުރައްވާނެ ބޭފުޅަކާމެދު މިވަނީ އެންމެންގެ ސަމާލުކަން ހުއްޓިފައެވެ. އަދި އެންމެ މަތީ ކޯޓުގެ ކޮންޓްރޯލް ހޯދުމުގެ ވާދަވެރިކަން، އެމެރިކާގެ ސިޔާސީ ދާއިރާގައި ވެސް މިވަނީ ބޮޑުވެފައެވެ.

އެގޮތުން ޓްރަމްޕް ވަނީ އަންނަ ހަފްތާގައި އެ މަޤާމަށް އައްޔަނު ކުރުމަށް އަންހެން ކަނބަލެއްގެ ނަން ފޮނުއްވާނެ ކަމަށް ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް "ފިރިހެން ބޭފުޅުންނަށްވުރެ، އަންހެން ކަނބަލުން މާ ކަމުދާތީ" ކަމަށެވެ.

އެހެން ނަމަވެސް ޓްރަމްޕްގެ ރިޔާސީ ވާދަވެރިޔާ ޖޯ ބައިޑެންގެ އިތުރުން، ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ އެ ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އުމުރުފުޅުން 87 އަހަރުގައި ގިންސްބާގް އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ހުކުރު ދުވަހުގެ ވަގުތެއް ގައެވެ. ގިންސްބާގް ފަރުވާ ހޯއްދަވަމުން ގެންދެވީ ފުރަމޭގެ ކެންސަރަށެވެ.

އުމުރުން 60 އަހަރުގައި، ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ގިންސްބާގް އަކީ އެމެރިކާގެ ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގެންނެވި ދެވަނަ އަންހެން ފަނޑިޔާރެވެ. އަދި ގިންސްބާގް އަކީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗުގައި އިންނެވި އެންމެ ދުވަސްވީ ފަނޑިޔާރެވެ. އަދި އޭނާ އަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރެއްވި އަދި ޖިންސީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަނބަލެކެވެ.

ގިންސްބާގް އަވަހާރަވުމާ ގުޅިގެން އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް ވިދާޅުވީ ގެއްލިގެން ދިޔައީ އިންސާފަށް މަސައްކަތް ކުރި ޗެމްޕިއަނެއް ކަމަށާއި އަންނަން އޮތް ޖީލުތަކުން ވެސް ގިންސްބާގް އަދާކޮށްދެއްވި މަސައްކަތްތަކުގެ ހަނދާންތައް އާކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް