ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 21:47
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ސުއަރޭޒް ހޯދުމަށް ކުރާ މަސައްކަތް
ސުއަރޭޒްގެ ސޮއި ހޯދުން ވާނީ އުނދަގޫ ކަމަކަށް: ޕިރްލޯ
ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެން ޔުވެންޓަސްގެ ޑީލް ވަނީ ހުއްޓުމުކަށް އައިސްފައި
ސުއަރޭޒްގެ ބަދަލުގައި ޔުވެންޓަސްއިން ޒެކޯ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުން

ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ ސޮއި ހޯދުން ވާނީ އުނދަގޫ ކަމަކަށް ކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނެފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ އުމުރުން 33 އަހަރުގެ ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެން އެ ޑީލް ހުއްޓުމުކަށް އައިސްފައިވާ ކަމަށް ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ އޭނާ ވިއްކާލަން ބާސާއިން މަސައްކަތް ކުރަމުން އަންނައިރު، ސުއަރޭޒް މިވަގުތު ބާސާގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ބާސާއިން ސުއަރޭޒް ވިއްކާލާނަމަ އޭނާގެ ފުރިހަމަ މުސާރަ ކަމަށްވާ 14 މިލިޔަން ޔޫރޯ ބާސާއިން ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ޔުވެންޓަސްގެ ޑީލް ހުއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނިއިރު، ދާދި ފަހުން ޕިރްލޯ ބުނީ ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ހޯދުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި، އެހެން ކަމުން ޔުވެންޓަސްއަށް އޭނާގެ ސޮއި ހޯދުން ވާނީ އުނދަގޫ ކަމަކަށް ކަމަށެވެ. އަދި ބުނީ ޔުވެންޓަސްއިން ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަކު އެއީ އަވަސް އަރުވާލައިގެން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު މި ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން ޔުވެންޓަސްއާ ފޯވާޑެއް ގުޅޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާއެކު، ޔުވެންޓަސްއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ރޯމާގެ ކެޕްޓަން އެޑިން ޒެކޯ ހޯދުމަށެވެ. އަދި މިހާރު ޒެކޯއާއެކު ޔުވެންޓަސްއިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ،

ޔުވެންޓަސްއިން ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން މިހާތަނަށް މި ޓްރާންސްފާ ބާޒާރުގައި ގެނައި ހަމައެކަނި ކުޅުންތެރިއަކީ ޝާލްކާއަށް ކުޅެމުން އައި އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް