ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 22:32
2019 ވަނަ އަހަރު ހިންނަވަރު ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން
2019 ވަނަ އަހަރު ހިންނަވަރު ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން
ސޯޝަލް މީޑިއާ
އެޗްސީސީ ފުޓްސަލް ޗެލެންޖް
އިޖުތިމާޢީ މަރުކަޒާއި ކައުންސިލް ގުޅިގެން ހިންނަވަރުގައި ފުޓްސަލް މުބާރާތެއް
މި މުބާރާތުގައި އެ ރަށުގެ 10 ޓީމެއް ވަނީ ބައިވެރިވެފައި
މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން

ޅ. ހިންނަވަރު ކޮމިއުނިޓީ ސެންޓަރު ފުޓްސެލް ޗެލެންޖް 2020 ގެ ގުރުވަތުލުން ބާއްވައިފިއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ކޮމިއުނިޓީ ސެންޓަރުގެ ޔޫތު އެސޯސިއޭޓް އަބްދުލް ރަހުމާން މުޙައްމަދު ވިދާޅުވީ މި މުބާރާތުގައި އެ ރަށުގެ 10 ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށާއި، ރަށުގައި ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބުމާއެކު މި މުބާރާތަކީ އެ ކުޅުންތެރިންނަށް އަމާޒުކޮށް ބާއްވާ މުބާރާތެއް ކަމަށެވެ.

ޒުވާނުންގެ މަރުކަޒާއި ހިންނަވަރު ރަށު ކައުންސިލް ގުޅިގެން ބާއްވާ މި މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ އެފްސީ ޝޯޓްކަޓް، ސޮސް ބޯއީސް، ދަ ވޯލް، ޓީއެންޓީ އަދި ލަންޑަން އެފްސީއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ ހޯލާ އަމީގޯ، އެފްސީ ހޯޕް، ރިވަސައިޑް، އެފްސީ މަކާއޯ އަދި އަތިރި ކަންމައްޗެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 21 ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެރޭ ކަމަށް މައުލޫމާތުދެއެވެ. މި މުބާރާތް ކުރިއަށްދާނީ ހިންނަވަރު ފުޓްސަލް ދަނޑުގައެވެ.

ހިންނަވަރު ޒުވާނުންގެ މަރުކަޒުން އެ ރަށުގައި ފުޓްސަލް މުބާރާތެއް ބާއްވާއިރު، އެ މަރުކަޒުން އަންނަނީ ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތްތަކުގެ އިތުރުން ކުޅިވަރުގެ އިތުރު މުބާރާތްތައްވެސް ބާއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް