ކ. މާލެ
|
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 13:51
ރަށްތަކަށް ބޯޅަ ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ރަށްތަކަށް ބޯޅަ ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
އެފްއޭއެމް
އެފްއޭއެމުން ބޯޅަ ހަދިޔާކުރުން
ރާއްޖޭގެ ކޮންމެ ރަށަކަށް އެފްއޭއެމުން ބޯޅަ ހަދިޔާ ކުރަނީ
ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާ ކުރުމަށް ވަނީ ނިންމާފައި
ރަށްތަކަށް ބޯޅަ ހަދިޔާ ކުރާނީ ދާއިރާގެ މަޖިލިސް މެންބަރުން މެދުވެރިކޮށް
މި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕަށް ގެނައި ބޯޅަތަކެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ކޮންމެ ރަށަކަށް ބޯޅަ ހަދިޔާކުރަން ނިންމައި، އެ މަސައްކަތް ފަށައިފިއެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ އެ އިދާރާއިން ރާއްޖޭގެ ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށާއި. މި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް އެފްއޭއެމް އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ގެނައި ބޯޅަތަކެއް ކަމަށެވެ.

އެކަމަކު މިހާރުގެ ހާލަތާއެކު މުބާރާތް ބޭއްވޭނެ ގޮތެއް ނެތުމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެވެސް މަޝްވަރާއާއެކު އެފްއޭއެމުން ނިންމީ ކޮންމެ ރަށަކަށް ހަމަހަމަ އުސޫލަކުން ބޯޅަތައް ހަދިޔާ ކުރުމަށް ކަމަށާއި، އެ އުސޫލުގެ ދަށުން ބޯޅަ ހަދިޔާކުރާނީ އެކި ދާއިރާތަކުގެ މަޖިލިސް މެންބަރު މެދުވެރިކޮށް ކަމަށް ޖަވާ ވިދާޅުވިއެވެ.

އަންނަ ހަފުތާގެ ތެރޭގައ ހުރިހާ ދާއިރާއަކަށް ބޯޅަ ހަދިޔާ ކުރުމަށް ނިންމާފައިވާއިރު، މިހާތަނަށް 25 ދާއިރާއެއްގެ މެންބަރުނަށް ބޯޅަ ހަދިޔާކުރެވިފައިވާ ކަމަށް އެފްއޭއެމުން ބުނެއެވެ.

މިނިވަން ޗެމްޕިއަންޝިޕް ބޭއްވޭނެ ގޮތެއް މިހާރު ނެތުމުން މިނިސްޓަރުގެ ލަފައާއެކުވެސް އަޅުގަނޑުމެން ނިންމީ ކޮންމެ ރަށަކަށްވެސް ހަމަހަމަ އުސޫލުން ބޯޅަ ހަދިޔާކުރުމަށް. އަޅުގަނޑުމެން ގަބޫލުކުރަނީ މި އެހީގެ ސަބަބުންވެސް ރަށްރަށުގައި ފުޓްބޯޅަ ކުޅެން ބޭނުންވާ ފަރާތްތަކަށް ހިތްވަރަކަށް ވެގެންދާނެ ކަމަށް.
އެފްއޭއެމްގެ ޖެނަރަލް ސެކްޓަރީ ހުސައިން ޖަވާޒް (ޖަވާ)
އެފްއޭއެމުން ރައްޔިތުންގެ މަޖިލިސް މެންބަރުން މެދުވެރިކޮށް ބޯޯޅަ ހަދިޔާ ކުރާނެ

ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް މުޅިރާއްޖެ ހިމެނޭ ގޮތަށް ފުޓްބޯޅަ މުބާރާތްތައް ކުޅުމަށް އެފްއޭއެމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު 16 ޓީމާއެކު ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ކުޅުމަށް އެފްއޭއެމުން ނިންމާފައިވާއިރު، މި މުބާރާތަށް ހާއްސަކޮށް އޭއެފްސީގެ މިންގަނޑަށް ފެތޭ 20 ފުޓްބޯޅަ ދަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމުގެ މަސައްކަތް ކުރުމަށްވެސް އެފްއޭއެމުން މިހާރު ވަނީ ތައްޔާރުވެފައެވެ.

އަދި ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ސަރުކާރުން މިހާރު ދަނީ ގިނަ ރަށްތަކެއްގައި ބޮޑު ފުޓްބޯޅަ ދަނޑުތައް އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 14:40
ޖީވަންޓޭ
ބިޔަ ބޮޑު މަޝްރޫއެއް. މަށަށް ހަޖަމު ނުކުރެވޭ!
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 13:55
ޢަމީން
ޥަރައްމޮޅުކަމެއް.