ކ. މާލެ
|
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 13:40
ގަލްފް އެއަރ ގެ ފްލައިޓް އެއް
ގަލްފް އެއަރ ގެ ފްލައިޓް އެއް
އެމްއޭސީއެލް
ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް
ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވަނީ
 
ބްރިޓިޝް އެއަރވޭސް އަދި ގަލްފް އެއާލައިންގެ ދަތުރުތައް އޮކްޓޫބަރު މަހު ފަށާނެ
 
އެޑެލްވިސް އެއާލައިންގެ ދަތުރުތައް ސެޕްޓެމްބަރު 24 ގައި ފަށާނެ
 
އެއަރ ސީޝެލްސް އަދި އެެއޮރޮފްލޯޓްގެ ދަތުރުތައް ވަނީ ފަށާފައި

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފާހަގަކޮށްފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެއާޕޯޓް އޮޕަރޭޝަންސް މެނޭޖަރ، އިބްރާހިމް ހުސައިން ވިދާޅުވީ ރަޝިއާގެ އެެއޮރޮފްލޯޓް އަދި ސީޝެލްސްގެ އެއަރ ސީޝެލްސްގެ ދަތުރުތައް ވެސް މިހާރު ރާއްޖެއަށް ފަށާފައިވާ ކަމަށެވެ. އެގޮތުން މިދެ އެއާލައިނުން ވެސް ހަފްތާ އަކު ދެ ދުވަހު ދަތުރުތައް ވަނީ ޝެޑިއުލް ކޮށްފައެވެ.

މީގެ އިތުރުން، ސެޕްޓެމްބަރު މަހުގެ 24 ވަަނަ ދުވަހު ސްވިޒަލޭންޑްގެ އެޑެލްވިސް އެއާލައިންގެ ދަތުރުތައްވެސް ފަށާނެ ކަމަށް އިބްރާހިމް ހުސެން ވިދާޅުވިއެވެ. އެޑެލްވިސް އެއާލައިން އިން ހަފްތާ އަކު އެއް ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށް އިބްރާހިމް ހުސެން ފާހަގަކުރެއްވިއެވެ.

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އިރު، މި އެއާލައިންގެ ދަތުރުތައް ރާވާފައި ވަނީ ހަފްތާ އަކު އެއް ދުވަހަށެވެ. އަދި ހަފްތާ އަކު ހަތަރު ދުވަހު ދަތުރުތައް ބާއްވާ ގޮތަށް ގަލްފް އެއާލައިންގެ ދަތުރުތައް އޮކްޓޫބަރު ހަތަރު ވަނަ ދުވަހު ފަށާނެ ކަމަށް ވީއައޭ އިން ބުނެއެވެ.

ރާއްޖެއަށް ދަތުރުކުރާ މައި އެއާލައިންތަކުގެ ތެރެއިން ސްރީލަންކަން އަދި ޗައިނާގެ އެއާލައިންތައް ފިޔަވައި ހުރިހާ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، ކުރިއަށް އޮތްތާގައި އިތުރު އެއާލައިން ތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވީއައޭ އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
71%
0%
29%
0%
0%
ކޮމެންޓް