ކ. މާލެ
|
16 ސެޕްޓެންބަރ 2020 | ބުދަ 08:36
ޔޫއޭއީ އާއި ބަހުރައިނުން އިސްރާއިލާއެކު ގުޅުން ބަދަހީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި
ޔޫއޭއީ އާއި ބަހުރައިނުން އިސްރާއިލާއެކު ގުޅުން ބަދަހީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި
އަލްޖަޒީރާ
މެދުއިރުމަތީ ގައުމުތަކުގެ އެއްބަސްވުން
ޔޫއޭއީ އާއި ބަހުރައިނުން އިސްރާއިލާއެކު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
 
އެއްބަސްވުމުގައި ސޮއިކުރި މައްސަލައިގައި ފަލަސްތީނުގައި އަންނަނީ އަޑު އުފުލަމުން
 
މި އެއްބަސްވުން އެކުލަވާލުމުގެ މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވަނީ އެމެރިކާއިން

މެދު އިރުމަތީގެ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔުއޭއީ) އާއި ބަހުރައިނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ މެދު އިރުމަތީގެ ގައުމުތަކުން އީރާނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގައި އެއްބައިވުމަށް ވެވުނު އެއްބަސްވުމެކެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހު އެމެރިކާގެ ވައިޓް ހައުސްގައެވެ.

އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކުރި މި އެއްބަސްވުމުގައި އިސްރާއިލުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. އަދި ޔުއޭއީގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފޮރިންގ މިނިސްޓަރ ޝެއިހް އަބްދުﷲ ބިން ޒައިފް އަލް ނަހުޔާނެ އެވެ. ބަހުރައިންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރ އަބްދުއްލަތީފް އަލް ޒަޔާނީ އެވެ.

މިއީ އަރަބި ގައުމުތަކުގެ ތެރެއިން އިސްރާއިލާއެކު ގުޅުން ބަދަހީ ކުރުމަށް ސޮއިކުރި ތިންވަނަ އަދި ހަތަރު ވަނަ ގައުމެވެ. މީގެ ކުރިން 1979 ވަނަ އަހަރު މިސްރާއެކު އިސްރާއިލުން ސޮއިކޮށްފައިވާ އިރު 1994 ވަނަ އަހަރު ޖޯޑަން އިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ފަލަސްތީނުން ބަހުރައިނުގެ ނިންމުން ކުށްވެރިކޮށްފައިވާ އިރު، ޔޫއޭއީގެ ނިންމުމާއި ގުޅިގެން ވެސް ފަލަސްތީނުން ވަނީ ނުރުހުން ފާޅުކޮށް އެގައުމާއި ދެކޮޅަށް އަޑު އުފުލާފައެވެ. ފަލަސްތީނުން ބުނެފައިވަނީ އެ ނިންމުމަކީ ފަލަސްތީނަށްވެވޭ ޚިޔާނާތެއް ކަމަށެވެ. މީގެ އިތުރުން ޔޫއޭއީއާއި ބަހުރައިންއާއި މައްސަލަ އުފެދިފައިވާ އީރާނުން ބުނެފައިވަނީ އެ ނިންމުމަކީ އިސްލާމުން ކުރަމުންދާ މަސައްކަތަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ބޭވަފާތެރިވުން ކަމަށެވެ.

މީގެ އިތުރުން ތުރުކީވިލާތުން ވެސް ވަނީ ބަހުރައިނުގެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ސަބަބުން ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމަށް އިސްރާއީލަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށެވެ.

މި އެއްބަސްވުމުގެ ފައިދާ ލިބިގެންދަނީ އިސްރާއިލަށް އެކަންޏެއް ނޫނެވެ. މިއީ ޓްރަމްޕުގެ ހަޔާތުގައި އޭނާ ހޯއްދެވި އިތުރު ކާމިޔާބީއެކެވެ. މީގެ ކުރިން ބައިނަލްއަގުވާމީ މައްސަލައަކަށް ހައްލު ގެނެވިފައިވަނީ ހަމައެކަނި އުތުރު ކޮރެއާގެ ނިއުކުލިއަރ ޕްރޮގްރާމުގެ މައްސަލައަށެވެ.

ޓްރަމްޕުގެ މި ކާމިޔާބީއާއެކު މި އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު އޮންނަ އެމެރިކާގެ އިންތިހާބުގައި އިސްރާއީލަށް ތާއިދުކުރާ ފަރާތްތަކާއި ޔަހޫދީންގެ ތާއިދު ޓްރަމްޕަށް ލިބިވަޑައިގެން ވޯޓުގެ ކުރި ހޯއްދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ކައިރިވަމުންދާ ދަނޑިވަޅުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތުތައް މެދުއިރުމަތީގައި ކާމިޔާބުވެފައިވާކަން ދެއްކުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އިސްރާއީލާއި ޔޫއޭއީ އަދި ބަހުރައިންގެ އެއްބަސްވުމަށް ބަލާއިރު، އަލް-އަޤްޞާ މިސްކިތަށް ޒިޔާރަތްކޮށް ނަމާދު ކުރުމުގެ ފުރުސަތު ހުރިހާ މުސްލިމުންނަށް އޮތްއިރު، ގުދުސްގައިވާ އެހެނިހެން މުގައްދަސް ބިނާތަކަށް ޒިޔާރަތްކޮށް، ސުލްހަވެރި ކަމާއެކު ދީނީ އަޅުކަމާ ހަރަކާތް ހިންގުމުގެ ފުރުސަތު، އެހެން ހުރިހާ ދީނެއްގެ މީހުންނަށް ވެސް ދޭން ޖެހޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އިސްރާއީލާ އެކު ގުޅުން ގާއިމު ކުރުމަކީ މެދުއިރުމަތީގެ ސުލްހަ އާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި އެގައުމުތަކުން ދެކުނު ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދެކޭގޮތުގައި މިގުޅުން ގާއިމުކުރުމުގެ ސަބަބުން ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އަޑުތައް މަޑުވެގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
50%
50%
0%
0%
ކޮމެންޓް