ކ. މާލެ
|
14 ސެޕްޓެންބަރ 2020 | ހޯމަ 22:30
ސަލްމާން ޚާން
ހިންދުސްތާނީ ޓައިމްސް
ފިލްމް "ރާދޭ"
ސަލްމާންގެ "ރާދޭ" ރިލީޒް ކުރާނީ ލޮކްޑައުންއަށް ފަހު
ސަލްމާން އާއި އެކު ލީޑް ރޯލުން ފެނިގެންދާނީ ދިޝާ ޕަޓާނީ
މިފިލްމުގެ އެޑިޓިންގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ

ބޮލީވުޑް ސުޕަރ ސްޓާރ ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމް "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ" ގެ ސިނަމާތަކުގައި އަޅުވާނީ ލޮކްޑައުންއަށް ފަހުގައިކަން ހާމަކޮށްފިއެވެ.

ސަލްމާން ޚާންގެ ބިޒްނަސް މެނޭޖަރ ޖޯޑީ ޕަޓޭލް ބުނީ ފިލްމުގެ އަދިވެސް ބައެއް މަންޒަރުތައް ޝޫޓް ކުރަން އެބަހުރި ކަމަށާއި އެހެންކަމުން ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމާ ރިލީޒް ކުރަން ހަމަޖެހިފައިވަނީ ލޮކްޑައުން ނިމި އާންމު ހާލަތަކަށް ދިއުމުން ކަމަށެވެ.

އެގޮތުން މި ފިލްމުގެ މަސައްކަތް ކުރުމަށްޓަކައި ކުރޫއިންގެ ބައެއް މެމްބަރުންތަކެއް ސަލްމާން ޚާންގެ ޕަންވޭލް ފާރމް ހައުސްގައި ލޮކްޑައުންވެގެން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަހަރުގެ ފިތުރު އީދާއި ދިމާކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޝޫޓިންތައް ލަސްވެ ފިލްމް ރިލީޒް ކުރުން ފަސްކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެންނެވެ.

"ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ" ގައި ސަލްމާން އާއި އެކު ލީޑް ރޯލުން ފެނިގެންދާނީ ދިޝާ ޕަޓާނީ އެވެ. އަދި މީގެ އިތުރުން ރަންދީޕް ހޫޑާއާއި ޖެކީ ޝްރޯފް އަދި މެގާ އާކާޝްވެސް މިފިލްމުގެ މުހިއްމު ބައިތަކުން ފެނިގެންދާނެއެވެ.

ސަލްމާންގެ އެންމެ ފަހުން ރިލީޒްކޮށްފައިވާ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "ދަބަންގް 3" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް