ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 19:55
މާޗް މަހުގެ 10 ވަނަ ދުވަހު މަގާމުން ވަކި ކުރެވުނުއިރު ޑިސެމްބަރު މަހުން ފެށިގެން އެކަމަނާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރެވިފަ
މާޗް މަހުގެ 10 ވަނަ ދުވަހު މަގާމުން ވަކި ކުރެވުނުއިރު ޑިސެމްބަރު މަހުން ފެށިގެން އެކަމަނާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރެވިފަ
ގޫގުލް
ޕާކްގެ ކޮރަޕްޝަން
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
ޕާކްގެ މައްޗަށް ގިނަ ދައުވާތަކެއް ކުރެވޭ

ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން ދުރުކުރެވިފައިވާ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގިއުން ހައިގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފިއެވެ.

 

ޕްރޮސިކިއުޓަރުން ވިދާޅުވީ  ޕާކްގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި،ކޮރަޕްޝަނާއި،މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމާއި، ދައުލަތުގެ ސިއްރުތައް ބޭރުކުރުން ހިމެނެއެވެ.

 

އުމުރުފުޅުން  65 އަހަރުފުގެ ޕާކްގެ މައްޗަށް ތުހުމަތު ކުރެވުނީ އެކަަމަނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޗޮއި ސުން ސިލްއަށް ކުންފުނިތަކުން ފައިސާ ލިބޭގޮތަށް އެކުންފުނިތަކަށް ދައުލަތުން ކަންކަން ފަހިކޮށްދެއްވަން މަސައްކަތްކުރެއްވި ކަމަށެވެ.

 

ދެބޭފުޅުން ވެސް އެކަމަށް އިންކާރުކުރައްވައެވެ. ޕާކް މަގާމުން ވަކިކުރެވިފައި ވަނީ މިދިއަ މަހުއެވެ.

 

ޕާކް ވެވަޑައިގެންފައި ވަނީ އެގައުމުގައި ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވި ވަޑައިގެންނެވި ވެރިންގެ ތެރެއިން މަގާމުން ދުރުކުރެވުނު ފުރަތަމަ ރައީސް އަށެވެ.

 

ޕާކް ގިއުން ހައި މަގާމުން ދުރުކުރުމަށް ފެންނަ ކަމަށް ގާނޫނު ހަދާ މަޖިލީހުން ނިންމިއިރު ކޯޓް މަރުހަލާގައި ފަނޑިޔާރުންގެ ބެންޗުން ވެސް އިއްތިފާގުވެފައި ވަނީ އެ ނިންމުމަށް ތާއީދުކުރުމަށެވެ.

 

މާޗް މަހުގެ 10 ވަނަ ދުވަހު މަގާމުން ވަކި ކުރެވުނުއިރު ޑިސެމްބަރު މަހުން ފެށިގެން އެކަމަނާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް