ކ. މާލެ
|
12 ސެޕްޓެންބަރ 2020 | ހޮނިހިރު 22:55
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ
ގެޓީ އިމޭޖަސް
މާސެލޯ ހޯދަން ކުރާ މަސައްކަތް
މާސެލޯ ހޯދުމަށް އިންޓަ އާއި ޔުވެންޓަސްއިން މަސައްކަތް ކުރަނީ
މާސެލޯ ހޯދުމަށް ޔުވެންޓަސްއިން 29 މިލިޔަން ޕައުންޑް ހަރަދުކުރަން އޮތީ ތައްޔާރަށް
ރެއާލާއެކު މާސެލޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ހޯދުމަށް އިންޓަ މީލާނާއި ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މާސެލޯ ހޯދުމަށް އިންޓަ އާއި ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނައިރު، ރެއާލުން އޮތީ އުމުރުން 32 އަހަރުގެ މާސެލޯ ވިއްކާލުމަށް ތައްޔާރަށެވެ. އެއީ ކޮވިޑް-19 ގެ ސަބަބުން ޓީމަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްއިން މިހާރު އަންނަނީ މާސެލޯ ހޯދުމަށް ބިޑް ކުރުމަށް ތައްޔާރުވަމުންނެވެ. އަދި މާސެލޯ ހޯދުމަށް 29 މިލިޔަން ޕައުންޑް ޚަރަދުކުރަން ޔުވެންޓަސްއިން ތައްޔާރުވަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރެއާލުން މާސެލޯ ވިއްކާލާނެ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ރެއާލާއެކު މާސެލޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ. އަދި މާސެލޯ ވަނީ ރެއާލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުން އޭނާގެ ނެތް ކަމަށް ބުނެފައެވެ. އަދި އޭނާ ރިޓަޔާ ވާން ބޭނުންވަނީ ރެއާލްގައި ކަމަށްވެސް މީގެ ކުރިން ވަނީ ބުނެފައެވެ

ރެއާލަށް 2007 ވަނަ އަހަރު ބަދަލުވި މާސެލޯ އަކީ ފާއިތުވި އަހަރުތަކުގައި އެ ޓީމުން ހޯދި ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއް އޮތް ކުޅުންތެރިއެކެވެ. މާސެލޯ ވަނީ ރެއާލްގައި ހުރެ މިހާތަނަށް 22 ތަށި އުފުލާލާފައެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކާމިޔާބީއަކީ ހަތަރު ފަހަރު ކާމިޔާބުކުރި ޔުއެފާ ޗެމްޕިއަންސް ލީގެވެ. އަދި ރެއާލަށް މިހާތަނަށް 509 މެޗު ކުޅެދީފައިވާ މާސެލޯ ވަނީ އެޓީމާއެކު ސްޕެނިޝް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް