ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 19:05
ފިލިޕީންސްގެ ސިފައިންތަކެއް
ފިލިޕީންސްގެ ސިފައިންތަކެއް
އަލްޖަޒީރާ
ފިލިޕީންސް
ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ
ސިފައިންގެ ޚިދުމަތަށް މީހުން ނެގުމުގައި ދެން އަބަދުވެސް %5 ހާއްސަ ކުރެވޭނީ މުސްލިމުންނަށް

ހަމައެކަނި މުސްލިމުން ހިމެނޭ ސިފައިންގެ ހާއްސަ ޔުނިޓްތަކެއް އުފެއްދުމަށް ފިލިޕީންސްގެ އަސްކަރިއްޔާއި ނިންމައިފިއެވެ.

 

މުސްލިމުންގެ މައިނޯރިޓީ އޮންނަ ފިލިޕީންސްގައި މުސްލިމު ސިފައިންގެ ހާއްސަ ޔުނިޓުތަކެއް ހަދަން ނިންމީ އިސްލާމީ ހަނގުރާމަވެރިންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަ ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ ޚިދުމަތަށް މީހުން ނެގުމުގައި ދެން އަބަދުވެސް %5 ހާއްސަ ކުރެވޭނީ މުސްލިމުންނަށް ކަމަށާއި މައިގަނޑު ބޭނުމަކީ ޕލިޕީންސްގެ ދެކުނުގައި ހިނގާ ހަމަނުޖެހުންތަށް ހުއްޓުވުމަށް ހާއްސަ ޑިވިޝަނެއް ދެކުނަށް ފޮނުވުން ކަމަށެވެ.

 

ފިލިޕީންސްގެ ދެކުނުގެ މިންޑަނާއޯ ސަރަހައްދަކީ ޒަމާނުއްސުރެ މުސްލިމުންގެ ސަރަހައްދެކެވެ. އެހެން ނަމަވެސް، 1970 ގެ އަހަރުތަކުން ފެށިގެން މިންޑަނާއޯ ސަރަހައްދުގައި އެކިއެކި ޖަމާއަތްތަކުން ގެންދަނީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އެ ސަރަހައްދުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ބައިއަތު ހިފާފައިވާ ހަނގުރާމަވެރިން ތިބި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

 

ފިލިޕީންސްގެ ދެކުނުގައި  ސިފައިންނާއި އަދި ހަނގުރާމަވެރިންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 12000 މީހުން މަރުވެފައިވެއެވެ.

- ކޮމެންޓް