ކ. މާލެ
|
12 ސެޕްޓެންބަރ 2020 | ހޮނިހިރު 10:35
ސަަލްމާން އާއި ކެޓްރީނާ - ޓައިގަރ 3
ސަަލްމާން އާއި ކެޓްރީނާ - ޓައިގަރ 3
ބޮލީވުޑް ހަންގާމާ
ބޮލީވުޑް ތާރީހުގައި ހަދާ އެންމެ އަގުބޮޑު ފިލްމު
ޓައިގަރ 3 އަކީ ބޮލީވުޑް ތާރީޚުގައި ހަދާ އެންމެ އަގު ބޮޑު ފިލްމް: ޔާޝް ރާޖް ފިލްމްސް
ބޮލީވުޑްވެ ތާރީހުގައި އުފެދިގެންދާ އެންމެ އަގުބޮޑު ފިލްމް
ޓައިގަ ގެ 3 ގެ އަމާޒަކީ 400 ކްރޯރް ކުލަބަށް އެރުވުން

ޓައިގަރ ގެ 3 ވަނަ ފިލްމަކީ ބޮލީވުޑްގެ ތާރީހުގައި އުފެދިގެންދާ އެންމެ އަގު ބޮޑު ފިލްމް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް އުފެއްދުމަށްޓަކައި 200 އާއި 225 ކްރޯޑް ރުޕީސް ގެ ބަޖެޓެއް ހޭދަ ވެގެން ދާނެއެވެ. މިއީ މިހާތަނަށް ބޮލީވުޑްގެ ތާރީހުގައި ވެސް ހެދޭ ކުރެވިގެންދާނެ އެންމެ އަގުބޮޑު ފިލްމް ކަމަށް ވެއެވެ.

ސަލްމާން ހާންގެ ޓައިގަ އިންސްޓޯލްމެންޓްގެ 2 ވަނަ ފްރެންޗައިސް ފިލްމު ކަމުގައިވާ ޓައިގަރ ޒިންދާ ހޭ ބޮކްސް އޮފީހުގައި ފައިދާގެ ގޮތުގައި 339.16 ކްރޯޑް ރުޕީސް ލިިބިފައިވެއެވެ. މިފަހަރު ޓައިގަރ ގެ 3 ވަނަ ފްރެންޗައިސް ގެ އަމާޒަކީ 400 ކްރޯޑް ކުލަބަށް އެރުވުމެވެ.

ރިޕޯޓްތައް އިތުރަށް ބުނާގޮތުން ޓައިގަރ އަކީ ޔާޝް ރާޖް ފިލްމްސް އިން އުފައްދާ އެންމެ ބޮޑު އެއް ފްރެންޗައިސްއެވެ. އަދިތުޔަ ޗޯޕްރާ ބުނެފައިވަނީ މި ފިލްމު އައު ރިކޯޑްތައް މުގުރާލުމަށްޓަކައި ނުފޮރުޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށެވެ.

މި ފިލްމު 6 ނުވަތަ 7 ގައުމުގައި އިންޓަރނޭޝަނަލް އެކްޝަން ސްޓަންޓް ޓީމާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މިފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ފަާއިތުވެދިޔަ 2 އަހަރު ދުވަހު އަދިއްތިޔަގެ އިރުޝާދުގެ ދަށުން ޔާޝް ރާޖް ފިލްމްސްގެ ލިޔުންތެރިން ވަނީ ފަށާފައެވެ.

އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓެއްގައި ފިލްމެއް އުފައްދާފައިވަނީ 2018 ވަނަ އަހަރުއެވެ. 2.0 ނަމަކަށް ކިޔާ ތަމަޅަ ފިލްމަށް 80 މިލިއަން އެމެރިކާ ޑޮލަރު ވަނީ ހަރަދުކޮށްފައެވެ.

- ކޮމެންޓް