ކ. މާލެ
|
11 ސެޕްޓެންބަރ 2020 | ހުކުރު 14:12
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ފިޔަވަޅުތައް އެޅި ނަމަވެސް ސަރުކާރުގެ ހަރަދުތައް ކުޑަވީ އެންމެ ދެ އިންސައްތަ
ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 17.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައި
ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި ސަރުކާރުން ވަނީ 11.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައި
ކެޕިޓަލް އެކްސްޕެންޑިޗަރ ގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި

ސަރުކާރުގެ ހަރަދު ކުޑަކުރި ނަމަވެސް ހަރަދަށް މާބޮޑު ބަދަލެއް ނާންނަކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވަލޮޕްމެންޓް ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ފިނޭންސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 17.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ ފާއިތުވި އަހަރު މިމުއްދަތުގައި ހަރަދުކުރި 17.5 ބިލިއަން އާއި އަޅާބަލާއިރު، އެންމެ ދެ އިންސައްތައިގެ ދަށްވުމެކެވެ.

އެގޮތުން ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި ސަރުކާރުން 11.9 ބިލިއަން ރުފިޔާ ހަރަދުކޮށް ފައިވާކަމަށް ފިނޭންސް އިން ފާހަގަކުރެއެވެ. އެއީ މުސާރަ އާއި އިނާޔާތް އަދި ޕެންޝަނަށް 6.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް މަސައްކަތްތަކަށް 5.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ލޮސެސް އެންޑް ރައިޓް އޮފްސް އަށް ސަރުކާރުން 92.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން، ކެޕިޓަލް އެކްސްޕެންޑިޗަރ ގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ތެރެއިން 195.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ކެޕިޓަލް އިކުއިޕްމެންޓްސް އަށެވެ. އަދި އިމާރާތްތަކާއި ބިމަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް ހަރަދުކޮށްފައި ވަނީ 1.2 ބިލިއަން ރުފިޔާ ކަމަށް ތަފާސް ހިސބުތަކުން ދައްކައެވެ.

ޑިވެލޮޕްމެންޓް ޕްރޮޖެކްޓުތަކަށް 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ލެންޑިންގްސް ގެ ގޮތުގައި 910 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު އާމްދަނީ ލިބުން ދަށްވުމާއި ގުޅިގެންނެވެ. ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.8 ބިލިއަން ރުފިޔާއެވެ.

- ކޮމެންޓް