ކ. މާލެ
|
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 13:03
ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީއެއް
ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީއެއް
ލ.ގަން ރީޖަނަލް ހޮސްޕިޓަލް
ކޮވިޑް-19 އަށް ކުރާ ހަރަދު
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް 517 މިލިއަން ރުފިޔާ ހަރަދުކޮށްފި
ކެޕިޓަލް އިކުއިޕްމަންޓް އަށް ވަނީ 198.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި
ގްރާންޓްސް، ސަބްސިޑީސް އަދި ކޮންޓްރިބިއުޝަންސްގެ ގޮތުގައި 117.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި
އެލަވަންސްގެ ގޮތުގައި 33.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް ސަރުކާރުން 517 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ކޮވިޑް-19 ސްޕެންޑިން ސްޓެޓިސްޓިކްސް އިން ދައްކައިފިއެވެ.

ފިނޭންސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ކެޕިޓަލް އިކުއިޕްމަންޓް އަށް 198.1 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ގްރާންޓްސް، ސަބްސިޑީސް އަދި ކޮންޓްރިބިއުޝަންސްގެ ގޮތުގައި 117.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޮޕަރޭޝަނަލް ސާވިސަސް އަށް 123.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުންވެސް ބޭނުންވާ އެހެނިހެން ސާމާނަށް 82.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އިމާރާތްތަކަށް 68.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ކުރާ އެކި ދަތުރުތަކަށް މިހާތަނަށް 49.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ތަކެއްޗާއި ތަންތަން މަރާމާތުކުރުމަށް 20 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް އިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅުން ހުރި އެކި ކަންކަން ކުރާ މުވައްޒަފުންނަށް މިހާތަނަށް އައި އިރު، އެލަވަންސްގެ ގޮތުގައި 33.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް އިން ފާހަގަކުރެއެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19 އާއި ގުޅިގެން 1.21 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

- ކޮމެންޓް