ކ. މާލެ
|
9 ސެޕްޓެންބަރ 2020 | ބުދަ 13:47
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން
ޔޫސުފް ސޮފްވާން ރަޝީދު
އެސްޑީއެފްސީ
އެސްޑީއެފްސީ ލޯނުތައް ފަސްކޮށްދިނުމަށް މިހާރު ހުށައެޅޭނެ!
 
ލޯނު ފަސްކޮށްދިނުމަށް އޮންލައިންކޮށް ހުށައެޅޭނެ
 
ލޯނު ފަސްކޮށްދިނުމަށް އެދި ހުށައެޅޭނެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 25 ވަނަ ދުވަސް
 
ލޯނުތައް ފަސްކޮށްދިނުމަށް ނިންމާފައި ވަނީ މި އަހަރުގެ ނިޔަލަށް

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ދެއްކުން އިތުރަށް ފަސްކުރުމަށް އެދި މިހާރި ހުށައެޅޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެސްޑީއެފްސީ އިން ބުނި ގޮތުގައި އެ ބޭންކުން ނަގާފައިވާ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ނިންމާފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިކޮށްދިނުމުގެ ގޮތުންނެވެ. އެގޮތުން މި ފުރުސަތުގެ ބޭނުން ހިފަން ބޭނުން ހުރިހާ ފަރާތްތަކަށް ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުން ފެށިގެން ލޯނު ފަސްކޮށްދިނުމަށް އެދި ހުށައެޅޭނެ ކަމަށް އެބޭންކުން ބުނެއެވެ.

ލޯން ފަސްކޮށްދިނުމަށް އެދި ހުށައެޅޭނެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށާއި އެމުއްދަތާއި ހަމައަށް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަނާޅާ ފަރާތްތަކަކީ ލޯނު ދެއްކުން ފަސްކުރުމަށް ބޭނުންނުވާ ފަރާތްތައް ކަމަށް ކަނޑައެޅޭނެ ކަމަށް އެސްޑީއެފްސީ އިން ބުނެއެވެ.

މީގެ އިތުރުން ލޯން ފަސްކޮށްދިނުމަށް އެދި އެސްޑީއެފްސީގެ ވެބްސައިތްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެކަމަށް އެސްޑީއެފްސީ އިން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރި ވުމުގެ ގޮތުން އެ ފަރާތްތަކުން އެސްޑީއެފްސީ މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދީފައިވާ އިރު، ބޭންކުން ދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން ލޯނު ދޫކުރަމުންނެވެ.

ތިން އަހަރު ދުވަހުން ދައްކާގޮތަށް ދޫކުރާ މި ލޯނުތައް ދޫކުރަނީ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއިއެކު ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް