ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 23:37
ރިއާ ޗަކްރަބަތީ
ރިއާ ޗަކްރަބަތީ
ގޫގުލް
މުނިފޫހިފިލުވުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ރިއާ ޗަކްރަބޯތީ ހައްޔަރުކޮއްފި
މީގެކުރިން ރިއާ ވަނީ އޭނާ އަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައި
ސުޝާންތުގެ ފޭނުން ދަނީ މިކަމާއި ގުޅިގެން އުފާފާޅުކުރަމުން
ރިއާ އަށް 15 ދުވަހުގެ މުއްދަތު ޖަހާފައިކަމަށް ރިޕޯޓުތައްބުނޭ

ސުޝާންތުގެ މަރުގެ މައްސަލައިގައި ސީބީއައިގެ ތަހުގީގު ޓީމަށް ލިބުނު ކުރިއެރުންތަކުގެ ތެރެއިން ރިއާ ޗަކްރަބޯތީ ހައްޔަރުކޮށްފިއެވެ.

ރިއާ ހައްޔަރުކޮއްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން ރިއާ ވަޓްސްއެޕް މެދުވެރިކޮށް މަސްތުވާތަކެއްޗާއި ގުޅުންހުރި ވާހަކަތަކެއް ދައްކާފައިވާކަން ސީބީއައިގެ ތަހުގީގު ޓީމަށް ވަނީ އެނގިފައެވެ. މި މައްސަލަ ފެންމަތިވުމާއެކު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ.

ސީބީއައިގެ ޓީމުން ތަހުގީގުގައި ކުރި ސުވާލުތަކަށް ޖަވާބު ދެމުން ބޮލީވުޑްގެ އެކިއެކި ތަރިންނަށް މަސްތުވާތަކެތި ފޯރުކޮށްދިންކަމަށް ރިއާ އެއްބަސްވެފައިކަމަށް އިންޑިއާގެ އެކި މީޑިއާތަކުގެ ރިޕޯޓްތަކުން ބުނެއެވެ. މީގެކުރިން ރިއާ ވަނީ އޭނާއަށް ކުރާ ތުހުމަތުތަށް ދޮގުކޮށްފައެވެ. އަދި އޭނާގެ ވަކީލު ވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށް، މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބަލަން ޓެސްޓް ކުރަން ރިއާ ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

މި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރިއާ އާއި އޭނާގެ ކޮއްކޮ ޝޯވިކް ޗަކްރަބޯތީ އާއި ސުޝާންތުގެ ގޭގައި މަސައްކަތްކުރި ފަރާތަކާއި އިތުރު ފަރާތެއް ހިމެނެއެވެ. މި ހަތަރު މީހުން ވެސް ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅިގެން އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބަލަމުންދާ މައްސަލައާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް