ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 17:19
ަސަންޖޭ ދަތު
ަސަންޖޭ ދަތު
ގޫގުލް
ބޮލީވުޑް
ސަންޖޭ ދަތު ކެންސަރަށް ފަރުވާ ހޯދުމަށް އެމެރިކާއަށް ފުރުމުގެ ކުރިން ފިލްމްތަކުގެ މަސައްކަތްތައް ނިންމަނީ
ސަންޖޭ ޔޫއެސްއަށް ފުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުގައި
ކޮވިޑާއި ގުޅިގެން 3 ފިލްމެއްގެ މަސައްކަތް ވަނީ ނުނިމި

އަންނަ ޑިސެމްބަރުގައި ކެންސަރަށް ފަރުވާ ހޯދުމަށް އެމެރިކާ އަށް ފުރުމުގެ ކުރިން ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށް ސަންޖޭ ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ މަހު ބޮލީވުޑް އެކްޓަރ ސަންޖޭ ދަތު ވަނީ ސިއްޚީ މައްސަލަތަކެއް ދިމާވުމާއި ގުޅިގެން މަސައްކަތުން ދުރަށް ޖެހިލިކަން އިއުލާން ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަންޖޭ މަސައްކަތާއި ދުރަށް ޖެހިލީ ފުއްޕާމޭގެ ކެންސަރު ޖެހުމާއި ގުޅިގެންނެވެ.

ކޮންމެއަކަސް މިހާރު ސަންޖޭ މިވަނީ އަނބުރާ މަސައްކަތަށް ނުކުމެފައެވެ. އެގޮތުން އޭނާ ވަނީ ޔާޝް ރާޖް އިން އުފައްދާ ފިލްމް "ޝަމްޝޭރާ" ގެ ޝޫޓިންތައް ފަށާފައެވެ.

ސަންޖޭއަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ ކޮވިޑް-19 އާ ގުޅިގެން އޭނާ މަސައްކަތް ކުރާ ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓިފައި ވަނިކޮށެވެ.

އޭގެ ތެރެއިން ސަންޖޭ ޝޫޓިން ފަށާފައިވާ "ޝަމްޝޭރާ" އާއި ކޭޖީއެފް ޗެޕްޓަރ2" ބައެއް މަންޒަރުތައް ވަނީ ނަގާ ނުނިމިއެވެ. މީގެ އިތުރުން އަޖޭ ދޭވްގަންގެ ފިލްމް "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ޑަބިންގެ މަސައްކަތްތައް ވެސް ވަނީ ނުނިމިއެވެ.

ސަންޖޭގެ ޝޫޓިންތައް ކުރިއަށް ގެންދަނީ ރައްކައުތެރިކަމުގެ ގޮތުން އަޅަށް ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ވީހާ ވެސް މަދު ކުރޫއިންނާއި އެކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް