ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 14:55
ބިގް ބޮސް
ބިގް ބޮސް
ބިގް ބޮސް
ބިގް ބޮސް ސީޒަން 14 އަންނަ މަހު ފަށަނީ
ބިގް ބޮސް ސީޒަން 14ގެ ބައިވެރިން ފައިނަލް ކުރަމުން ދަނީ
ޝޯގެ ސެޓުވެސް ވަނީ މިހާރު އެއްކޮއް ނިމިފައި

މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް ސީޒަން 14 އިއުލާންކޮށް ޕްރޮމޯ ދައްކާލާފައިވާއިރު އެ ޝޯ ފަށާނެ ތާރީހު މިވަނީ އިއުލާނު ކޮއްފައެވެ. ބިގް ބޮސް އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހޯސްޓްކޮއްދޭ ޝޯއެކެވެ.

އަންނަ މަހު 3 ގައި ބިގް ބޮސް ފަށަން ހަމަޖެހިފައިވާއިރު މިހާރު ކުރިއަށްދަނީ ޝޯގެ ބައިވެރިން ފައިނަލް ކުރުމެވެ. ބިގް ބޮސް ޝޫޓްކުރަން ހަމަޖެހިފައިވާ ސެޓްވެސް މިހާރުވަނީ އެއްކޮއް ހަދާ ނިމިފައެވެ. ކަލާސް އިން ގެނެސްދޭ މި ޝޯގެ އެންމެ ފަހު ސީޒަން ވަނީ ރެކޯޑްތައް މުގުރާލާފައެވެ. މިފަހަރުގެވެސް އުންމީދަކީ ނިމިދިޔަ ސީޒަން އާއި އެއްފެންވަރެއްގައި ޝޯ ގެނެސްދިނުމެވެ. ބިގް ބޮސް އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޝޯއެކެވެ.

ބިގް ބޮސް ސީޒަން 13 ކާމިޔާބުކޮށްފައި ވަނީ އެކްޓަރު ސިދާތު ޝުކުލާއެވެ. ސިދާތު އާއި އެކު ގަދަ ތިނެއްގައި ވާދަކޮއްފައިވަނީ އާސިމް ރިއާޒާއި ޝެހެނާޒް ގިލްއެވެ. ބިގް ބޮސް އަކީ 2006 ގައި ފެށިގެން އައި މުނިފޫހިފިލުވުމުގެ ޝޯއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް