ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 19:24
މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އާއި ޤާނޫނީ ވަކީލު ހަސަން ލަތީފް
މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އާއި ޤާނޫނީ ވަކީލު ހަސަން ލަތީފް
ފޭސްބުކް
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް ކޯޓުން ވަގުތީ އަމުރެއް ނުނެރެދިން
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައި
"އިންތިޚާބާ ގުޅިގެން ވަގުތީ އަމުރެއް ނެރެންޖެހޭ ތަނެއް ނެތްކަން ޝަރީއަތުގެ ހަމަތަކުން އެނގޭ"

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނު ނަމަވެސް އެ އަމުރު ނުރެނެދިނެވެ.

ޓީޓީ އެސޯސިއޭޝަނުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާއިރު، އެ އެސޯސިއޭޝަނުގެ އިންތިޚާބު އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން ތާޅަފިލި އަލިބެ ވަނީ އިންތިޚާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދެފައެވެ.

އެކަމަކު ހޯމަ ދުވަހު ސިވިލް ކޯޓުން ނިންމި ހުކުމުގައި ބުނެފައިވަނީ ޝަރީއަތުގެ މަރުހަލާތަކަކީ ދިގުދެމިގެންދާ އަދި ގިނަ ދުވަސްތަކެއް ވެގެން ހިނގައިދާނެ މަރުހަލާތަކެއް ކަމަށް ވެފައި، ވަގުތީ އަމުރު ރައްދުވާ ފަރާތަށް އިންތިޚާބެއް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާނަމަ، އޭގެ ސަބަބުން ޓީޓީ އެސޯސިއޭޝަނުގެ އެންމެހައި މެންބަރުންގެ ހައްގުތައް ގެއްލި، ޓީޓީ އެސޯސިއޭޝަން ހިންގުމުގައި ދަތިތަކެއްކުރިމަތި ވެގެންދާނެތީ، ވަގުތީ އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށްވުރެ ވަގުތީ އަމުރު ނެރުމުގެ ސަބަބުން ވަގުތީ އަމުރު ރައްދުވާ ފަރާތަށް ލިބޭނެ ގެއްލުން މި ހާލަތުގައި ބޮޑުކަމަށް ޝަރީއަތަށް ބުރަވެވޭތީ، ވަގުތީ އަމުރެއް ޝަރީއަތުން ނެރެންޖެހޭނެ ތަނެއް ނެތްކަން ޝަރީއަތުގެ ހަމަތަކުން އެނގޭ ކަމަށެވެ.

ޓީޓީ އެސޯސއޭޝަނުގެ މައްސަލަ ތާޅަފިލި އަލިބެ ކޯޓަށް ހުށަހެޅީ ޓީޓީ އެސޯސިއޭޝަނުގެ ކުރިއަށް އޮތް އިންތިޚާބަކީ އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް ހައްދަވާދެއްވުން އެދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހައި ފަރާތްތަކަށް ހުށަހެޅުމަށްފަހު، އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެއްވުމަށް އެފަރާތްތަކުން އުޒުރުވެރިވެ، އެހުރިހާ ދޮރެއް ބަންދުވުމުން، އެ ފަރާތްތަކުން އިންސާފު ލިބޭނޭ ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށް ވިދާޅުވެއެވެ.

ޓީޓިގެ މައްސަލަ ކޯޓަށް ހުށަހެޅުމާއެކު ޓީޓީ އެސޯސިއޭޝަނުން ވަނީ ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

މީގެ ކުރިން ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ޓީޓީގެ އިންތިޚާބުގެ ހުރިހާ ކަމެއް މިހާތަނަށް ގެންގޮސްފައިވާނީ އިންސާފުވެރިކޮށް ކަމަށާއި، ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިންތިޚާބީ ކޮމިޓީން ކަމަށްވެސް ވިދާޅުވިއެވެ. އަދި ޓީޓީގެ އިންތިޚާބުގެ ކަންކަން ހިނގަމުން އަންނަނީ ރަނގަޅަށް ކަމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށާއި، އިންތިޚާބު ބޭއްވުމަށް އެ މަޖިލީހުން ރުހުންދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެދީފައި ނުވާއިރު، އަންގާރަ ދުވަހު އިންތިޚާބު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދު އާއި ތޯހާ ސަލީމް އަދި މުހައްމަދު ޖަލާލް ވާދަކުރައްވާއިރު، ޖަލާލުގެ ނަން އަނބުރާ ނަގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 15 ކުލަބަކާއި، 270 މެންބަރުން ވޯޓުލާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
7 ސެޕްޓެންބަރ 2020 | ހޯމަ 19:52
ޢަލިބެ
ކޮބާ އައި ޓީ ޓީ އެފް އިން މިއަދު ފޮނުވި އިންޒާރުގެ ވާ ހަކަ. މިހާރު އެނގިއްޖެ ނުންތަ ދޮގު ހަދަނީ ކޮންބަޔެއްކަން.
7 ސެޕްޓެންބަރ 2020 | ހޯމަ 19:49
ނާޤާބިލް
ސުރުޚީ ހާދަ ޖުޑަޔޭ.. ކިހިނެއްމިވީ.