ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 12:20
އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4 މިލިއަނަށްވުރެ މައްޗަށް އަރާފައި
އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4 މިލިއަނަށްވުރެ މައްޗަށް އަރާފައި
އިންޑިއާ ޓައިމްސް
ކޮވިޑް-19، އިންޑިއާ
2 ވަނަ އަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ގައުމަކަށް އިންޑިއާ
އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,204,613 އަށް އަރާފަ
ބަލިޖެހުނު މީހުންގެ ތެރެއިން 3,250,429 މީހުން ވަނީ ބަލިން ރަނގަޅުވެފަ
އިންޑިއާއިން އެއްދުވަހެއްގެ މައްޗަށް 90 ހާސް ކޭސް ވަނީ ފެނިފައި

މުޅި ދުނިޔެއިން ދެ ވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ގައުމަަށް އަވައްޓެރި އިންޑިއާ ވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,204,613 އަށް އަރާފައެވެ. އެގައުމުން ބަލިޖެހުނު މީހުންގެ ތެރެއިން 3,250,429 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، 71,687 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

އިންޑިއާއިން އެއްދުވަހެއްގެ މައްޗަށް 90 ހާސް ކޭސް ފެނިފައިވާއިރު، މިވަގުތު އެގައުމުން ބައްޔަށް ފަރުވާ ހޯދަމުންދަނީ 882,497 މީހުންނެވެ.

ބްރެޒިލް އިން ވެސް ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އެގައުމުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4,137,606 އަށް އަރާފައެވެ. އަދި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާ ގައުމު، އެމެރިކާއިން ވަނީ 6,460,421 މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު27,296,645 އަށް އަރާފައިވާއިރު، ބަލިޖެހުނު 19,379,558 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 887,604 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް