ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 10:22
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް އަރައިފި
އެކްސްޓަރނަލް ޑެޓްގެ ގޮތުގައި ހުރީ 37.8 ބިލިއަން ރުފިޔާ
ޑޮމެސްޓިކް ޑެޓްގެ ގޮތުގައި ހުރީ 36.2 ބިލިއަން ރުފިޔާ
ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީ ހުރީ 108 އިންސައްތައިގައި

ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރާ ދަރަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން މަހުގެ ނިޔަލަށް އެކްސްޓަރނަލް ޑެޓްގެ ގޮތުގައި ހުރީ 37.8 ބިލިއަން ރުފިޔާއެވެ. އަދި ޑޮމެސްޓިކް ޑެޓްގެ ގޮތުގައި ހުރީ 36.2 ބިލިއަން ރުފިޔާއެވެ.

ގެރެންޓީޑް ޑެޓްގެ ގޮތުގައި ޖޫން މަހުގެ ނިޔަލަށް 16.6 ބިލިއަން ރުފިޔާ ހުރި އިރު، އޭގެ ތެރެއިން އެކްސްޓަރނަލް ޑެޓްގެ ގޮތުގައި ހުރީ 15.7 ބިލިއަން ރުފިޔާ ކަމަށާއި ޑޮމެސްޓިކް ޑެޓްގެ ގޮތުގައި ހުރީ 934 މިލިއަން ރުފިޔާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން، ސެންޓްރަލް ގަވަމެންޓް ޑެޓްގެ ގޮތުގައި ޖޫން މަސް ނިމުނު އިރު 57.3 ބިލިއަން ރުފިޔާ ހުރި އިރު، އޭގެ ތެރެއިން އެކްސްޓަރނަލް ޑެޓްގެ ގޮތުގައި ހުރީ 22 ބިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. އަދި ޑޮމެސްޓިކް ޑެޓްގެ ގޮތުގައި ހުރީ 33.2 ބިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީ ހުރީ 108 އިންސައްތައިގައެވެ.

- ކޮމެންޓް