ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 09:59
ޔޫނިއަން ހެލްތް އެންޑް ސައިންސް މިނިސްޓަރ ޑރ. ހަރްޝް ވަރުދަން އާއި މަންމާފުޅު
ޔޫނިއަން ހެލްތް އެންޑް ސައިންސް މިނިސްޓަރ ޑރ. ހަރްޝް ވަރުދަން އާއި މަންމާފުޅު
ހިންދުސްތާނީ ޓައިމްސް
ޑރ. ވަރުދަންގެ މަންމާފުޅު ގުނަވަންތައް ހަދިޔާކުރުނ
އިންޑިއާގެ ހެލްތް މިނިސްޓަރުގެ މަންމާފުޅުގެ ގުނަވަންތައް ހަދިޔާކޮށްފި
އެކަމަނާ އަވަހާރަވީ އާދިއްތަ ދުވަހު ހެނދުނު
ދެ ލޯވެސް ވަނީ ހަދިޔާކުރައްވާފައި
ހަށިކޮޅު ވަނީ މެޑިކަލް ސްޓޫޑެންޓުންގެ ތަހުލީލުތަކަށް ބޭނުން ކުރުމަށް ހަދިޔާކުރައްވާފައި

ޔޫނިއަން ހެލްތް އެންޑް ސައިންސް މިނިސްޓަރ ޑރ. ހަރްޝް ވަރުދަންގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން އެކަމާނުގެ ގުނަވަންތައް ހަދިޔާކުރުމަށް ނިންމައިފިއެވެ.

އާދިއްތަ ދުވަހު ހެނދުނު އެކަމަނާ އަވަހާރަ ވެފައިވަނީ އުމުރުފުޅުން 89 ވަނަ އަަހަރު ހާޓްއެޓޭކެއް ޖެހިގެންނެވެ.

ޑރ. ވަރުދަން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަންމާފުޅު އަވަހާރަވުމުން ލޯ ހަދިޔާ ކުރުމަކީ އެކަމަނާ ބޭނުންވެލައްވާ ކަމެއް ކަމަށެވެ.

އެހެންކަމުން ފެނުމުން މަހުރޫމްވެފައިވާ މީހުނަށް ބޭނުންކުރުމަށް އޯލް އިންޑިއާ އިންސްޓިޓިއުޝަން އޮފް މެޑިކަލް ސައިންސް (އޭއައިއައިއެމްއެސް) އަށް އެކަމަނާގެ ލޯ ހަދިޔާކުރައްވާފައިވާ ކަމަށެވެ.

އަދި އެކަމަނާގެ ހަށިކޮޅު މެޑިކަލް ސްޓޫޑެންޓުންގެ ތަހުލީލުތަކަށް ބޭނުން ކުރުމަށް މައުލާނާ އާޒާދު މެޑިކަލް ކޮލެޖް (އެންއޭއެމްސީ) އަށް އާދިއްތަ ދުވަހު ހަދިޔާކުރައްވާފައިވާކަމަށް ޑރ. ވަރުދަން ވިދާޅުވިއެވެ.

މަންމާފުޅު އަވާހަރަވުމަކީ ލިބިވަޑއިގެންނެވި ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ޑރ ވަރުދަން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް