ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 08:15
ޗިޗޯރޭގައި ފެނިގެންދާ ތަރިން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޗިޗޯރޭ އަށް އެއްއަހަރު ފުރުން ޝުރައްދާ ސެލެބުރޭޓް ކޮއްފި
ޝްރައްދާ ވަނީ ސުޝާންތުގެ ހަނދާތައް އާކޮށްފައި
އެންމެންވެސް މި ފިލްމު ބަލާލުމަށް އެދިފައިވޭ

މިދިޔަ ޖޫން މަހު މަރުވެފައި ހުއްޓާ ފެނުނު ބޮލީވުޑް އެކްޓަރ ސުޝާންތު ސިންގް ރާޖުޕްތުގެ އެންމެ ކާމިޔާބު އެއް ފިލްމް ފިލްމު ޗިޗޯރޭ އަށް އެއްއަހަރު ފުރުން ޝުރައްދާ ކަޕޫރު ސެލެބުރޭޑްކޮއްފިއެވެ.

މި ފިލްމަށް ވަނީ ބޮކްސްއޮފީހުގައި މިދިޔަ އަހަރުގެ ނިޔަލަށް ފަނަރަ ކުރޯޑް ލިބިފައި ވެއެވެ.

ޗިޗޯރޭގައި ސުޝާންތު އާއި އެކުގައި މަސައްކަތް ކުރި އަންހެންތަރި ޝުރައްދާ އާއި ޗިޗޯރޭގެ ޑައިރެކްޓަރު ނިތޭސް ތިވާރީ ވަނީ ސުޝާންތު އާއިއެކު މެމޮރީއެއް ޝެއާކޮއް ފިލްމަށް އެއްއަަހަރު ފުރުން ފާހަގަކޮއްފައެވެ.

ޝުރައްދާ ވަނީ ފިލްމުގެ މޭކިންގެ ތެރެއިން ސުޝާންތުގެ ހަދާންތައް އާކޮއް ވީޑިއޯއެެއް އަޕްލޯޑް ކޮއްފައެވެ.

ފިލްމުގެ ޑައިރެކްޓަރް ނިތޭޝް ޓިވާރީ ވަނީ ވީޑިއޯ އަކާއެކު އަބަދުވެސް ސުޝާންތު އަހަރެމެންގެ ހިތުތެރޭގައި ވާނެކަން ފާހަގަކޮށް ފަޅައިގެން ގޮސްފައިވާ ހިތަކާއެކު ޓުވީޓް ކޮއްފައެވެ. ޗިޗޯރޭގެ އިތުރު ކާސްޓުންވެސް ވަނީ ފިލްމަށް އެއްއަހަރު ފުރުން ފާހަގަކޮށް ސުޝާންތުގެ ހަނދާންތައް އާކޮއްފައެވެ.

އަދި ފިލްމަށް އެއްއަހަރު ފުރުން ފާހަގަކޮށް އެންމެންވެސް މި ފިލްމު ބާލާލުމަށް އެދިފައިވެއެވެ. ފިލްމު ބަލާލުމުން ގެއްލިގެން ދިޔައީ ކިހާ ހުނަރުވެރި ތަރިއެއްކަން އެނގޭނެކަންވެސް ފާހަގަ ކޮއްފައިިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް