ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 22:37
އިންޑިއާ އެއަރޕޯޓެއް: ފްލައިޓް ހައިޖެކް ކުރާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައި
އިންޑިއާ އެއަރޕޯޓެއް: ފްލައިޓް ހައިޖެކް ކުރާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައި
އިންޑިއަން އެކްސްޕްރެސް
އިންޑިއާ
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
އެކަނ އެނގުނީ މީހަކު ފޮނުވި އީމެއިލް އަކުން
ހައިޖެކް ކުރުމުގައި 23 މީހަކު ހަރަކާތްތެރިވާނެ ކަމަށް ބުނޭ
އެއަރޕޯޓްތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައި

އިންޑިއާގެ މުމްބާއި، ޗެންނާއީ އަދި ހައިދަރުއާބާދު އެއާޕޯޓުން ފުރަން އޮތް ފްލައިޓުތަކެއް އެއް ފަހަރާ ހައިޖެކް ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތިން އެއާޕޯޓު އެލާޓަށް ގެނެސްފި އެވެ.

 

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުންނަށް އެމައުލޫމާތު ލިބުނީ އީމެއިލްގެ ޒަރިއްޔާއިންނެވެ. އެ އީމެއިލް ފޮނުވި މީހާއަށް ވަނީ މުމްބާއީ، ޗެންނާއީ އަދި ހައިދަރުއާބާދު އެއާޕޯޓުން ފުރާ ފްލައިޓުތަކެއް އެއް ފަހަރާ ހައިޖެކް ކުރުމާ ބެހޭ ގޮތުން ހަ ފިރިހެން ކުއްޖަކު ވާހަކަ ދައްކާ އަޑު އިވިފަވާކަމަށް ބުނެފަ އެވެ. އަދި އެފްލައިޓުތައް އާދީއްތަ ދުވަހު ހައިޖެކް ކުރުމުގައި 23 މީހަކު ހަރަކާތްތެރި ވާނެ ކަމަށްވެސް އީމެއިލް ފޮނުވި މީހާ ބުނި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

 

އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) ގެ ޑިރެކްޓަރު ޖެނެރަލް އޯޕީ ސިންހު ވަނީ އެތިން އެއާޕޯޓު އެލާޓަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.

 

"(އެ އެއާޕޯޓުތަކުގައި) ސަލާމަތީ ފިޔަވަޅުތައް ވަނީ އަޅާފަ. އަދި އެއާޕޯޓު ޕެޓްރޯލް ކުރުމާއި، އެއާޕޯޓުން ވަދެ ނިކުތުމުގެ ސަލާމަތީ ކަންތައްތައް ވަނީ އިތުރުކޮށް، ވަރުގަދަކޮށްފަ. އަދި ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުގެ އަދަދު ވަނީ އިތުރުކޮށްފަ." ސިންހު ވިދާޅުވި އެވެ

- ކޮމެންޓް