ކ. މާލެ
|
6 ސެޕްޓެންބަރ 2020 | އާދީއްތަ 22:56
ކޮވިޑް-19 އަށް އުފައްދާ ވެކްސިންތައް ދިރާސާ ކުރަނީ
ކޮވިޑް-19 އަށް އުފައްދާ ވެކްސިންތައް ދިރާސާ ކުރަނީ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
އަސްޓްރާޒެނެކާ އިން އުފައްދާ ކޮވިޑް-19 ގެ ވެކްސިން އޮސްޓްރޭލިއާ އަށް ޖަނަވަރީ މަހު ލިބޭނެ
އަސްޓްރާޒެނެކާ ކުންފުނިން ވަނީ އެ ކުންފުނިން އުފައްދަމުން ގެންދާ ވެކްސިންގެ ފުރަތަމަ ބެޗް ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހުގައި ލިބޭނެ ކަމަށް ބުނެފައި

އަސްޓްރާޒެނެކާ އަދި އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ފުރަތަމަ ބެޗް 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އޮސްޓްރޭލިއާ އަށް ލިބޭނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރޯސަން ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާ އިން ވަނީ އަސްޓްރާޒެނެކާ އަދި އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން އުފައްދަމުންދާ ވެކްސިން ގަތުމަށް ނިންމާ، އެކަމުގެ އެއްބަސްވުމާއި ހިސާބަށް އައިސްފައިވާ ކަމަށް އޮގަސްޓް މަހު އިއުލާން ކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން 51 މިލިއަން ޑޯޒް އެގައުމަށް ފޯރުކޮށްދޭނެ ކަމަށް މި ދެ ކުންފުނިން ވަނީ ބުނެފައެވެ.

އަސްޓްރާޒެނެކާ ކުންފުނިން ވަނީ އެ ކުންފުނިން އުފައްދަމުން ގެންދާ ވެކްސިންގެ ފުރަތަމަ ބެޗް ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހުގައި ލިބޭނެ ކަމަށް ބުނެފައެވެ.

ބޮޑުވަޒީރު މޮރޯސަން ވިދާޅުވީ އަސްޓްރާޒެނެކާގެ ވެކްސިނަކީ ސިއްހީ ގޮތުން އެންމެ ފެންވަރު ރަނގަޅު ވެކްސިން ކަމަށާއި، މި ވެކްސިންގެ ފުރަތަމަ ބެޗް ނުކުތުމާއެކު އޮސްޓްރޭލިއާ އަށް ލިބޭނެ ކަމަށެވެ. އަދި ވެކްސިން އޮސްޓްރޭލިއާގެ ރައްޔިތުންނަށް ހިލޭ ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މޮރޯސަން އިތުރަށް ވިދާޅުވީ މި ވެކްސިން ގަތުމަށް އޮސްޓްރޭލިއާ އިން 1.24 ބިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
8 ސެޕްޓެންބަރ 2020 | އަންގާރަ 15:06
މުހަންމަދު
އެމް.ޑީ.ޕީ ސަރުކާރު ރާއްޖެއަށް ގެންނަން އުޅެނީ އިންޑިޔާގައި އުފައްދާ ފޭކު ވެކްސިން