ކ. މާލެ
|
6 ސެޕްޓެންބަރ 2020 | އާދީއްތަ 14:09
އޭނާ ވަނީ ދެގަޑިއިރާ ބައި އައިސް ތަކެއްގެ ތެރޭގައި ހޭދަކޮށްފަ
ޚަލީޖް ޓައިމްސް
އައިސް ތަކެއްގެ ތެރޭގައި ފިރިހެނަކު ދެގަޑިއިރު
އޮސްޓްރިއާގެ ފިރިހެނަކު އައިސް ތަކެއްގެ ތެރޭގައި ދެ ގަޑިއިރު ހޭދަކޮށް ރެކޯޑް ފޮތުން ޖާގަ ހޯދައިފި
ދެ ގަޑިއިރާ ތިރީސް މިނެޓު އަދި ފަންސާސް ހަތް ސިކުންތު އައިސް ތަކެއްގެ ތެރޭގައި ހޭދަކޮށްފަ
އޭނާ ވަނީ ބިއްލޫރި ފޮއްޓެއްގެ ތެރެއަށް 200 ކިލޯގެ އައިސް އަޅާފަ
އޭނާ ދަނީ މި ރިކޯޑު ވެސް މުގުރާލުމަށް ތައްޔާރުވަމުން

އޮސްޓްރިއާގެ ފިރިހެނަކު އައިސް ތަކެއްގެ ތެރޭގައި ދެ ގަޑިއިރު ހޭދަކޮށް ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

އޮސްޓްރިއާގެ ރައްޔިތެއް ކަމަށްވާ ޖޯސެފް ކޮއެބަރލް ވަނީ ދެ ގަޑިއިރާ ތިރީސް މިނެޓު އަދި ފަންސާސް ހަތް ސިކުންތު އައިސް ތަކެއްގެ ތެރޭގައި ހޭދަކޮށް އޭނާގެ އަމިއްލަ ރެކޯޑް މުގުރާލައިފައެވެ.

އޭނާ ވަނީ ބިއްލޫރި ފޮއްޓެއްގެ ތެރެއަށް 200 ކިލޯގެ އައިސް އެޅުމަށްފަހު ސްވިމް ޓްރަންކް އެއް އެކަނި ލައިގެން އޭގެ ތެރެއަށް އެރިފައެވެ.

މާބޮަޑަށް ފިނި ވުމަކީވެސް ހަށިގަނޑަށް ވޭން އަޅާ ކަމެކެވެ. މިވޭން އޭނާ ތަހައްމަލު ކުރީ ރަނގަޅު އަދި އުފާވެރި ހިޔާލުތަކުގެ ތެރެއަށް ގެނބިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ދަނީ މި ރިކޯޑު ވެސް މުގުރާލުމަށް ތައްޔާރުވަމުންނެވެ. އަދި ދެ ގަޑި އިރަށް ވުރެ ގިނަ އިރު އައިސް ތަކެއްގެ ތެރޭގައި ހޭދަކުރަން ގަސްތުކުރާކަމަށްވެސް އޭނާ ބުނެއެވެ.

މާބޮޑަށް ފިނި ވެއްޖެ ނަމަ ހަންގަނޑު ފިހުމަށްވެސް މެދުވެރި ވެއެވެ. ނަމަވެސް އޭނާ ބޭނުންވަނީ ހަށިގަނޑު ފިއްސާނުލާ ވީހާވެސް ގިނަ އިރު އައިސްގެ ތެރޭގައި ހޭދަކުރާށެވެ.

- ކޮމެންޓް