ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 22:51
ސަނޮފީ ކުންފުނީގެ ލޯގޯ
ސަނޮފީ ކުންފުނީގެ ލޯގޯ
ރޮއިޓަރސް
ކޮވިޑް-19 އަށް އުފައްދާ ވެކްސިން
ސަނޮފީ ކުންފުނިން އުފައްދާ ވެކްސިންގެ އެންމެ ބޮޑު އަގަކީ 10 ޔޫރޯ
ފްރާންސްގެ ސަރުކާރުން ވަނީ ސަނޮފީ ކުންފުނިން އުފައްދާ ވެކްސިން އެގައުމުގެ ރައްޔިތުންނަށް ހިލޭ ލިބޭނެ ކަމަށް ބުނެފައި

ފްރާންސްގެ ސަނޮފީ ކުންފުނިން ކޮވިޑް-19 އަށް އުފައްދަމުންދާ ވެކްސިން ލިބޭނީ 10 ޔޫރޯއަށް ކަމަށް އެ ކުންފުނީގެ ޗީފް އޮލިވާ ބޮގިލޮޓް ވިދާޅުވެއްޖެއެވެ.

ބޮގިލޮޓް ވިދާޅުވީ ވެކްސިންނަށް އަދި ވަކި އަގެއް ކަނޑައަޅާފައި ނުވާ ކަމަށާއި، އެކަމަކު އެ ކުންފުނިން އުފައްދާ ވެކްސިންގެ އަގު އެންމެ ބޮޑު ވެގެންވެސް އުޅޭނީ 10 ޔޫރޯ އަށް ކަމަށެވެ.

ބޮގިލޮޓް މިހެން ބުނިއިރު ފްރާންސްގެ ސަރުކާރުން ވަނީ ސަނޮފީ ކުންފުނިން އުފައްދާ ވެކްސިން އެ ގައުމުގެ ރައްޔިތުންނަށް ހިލޭ ލިބޭނެ ކަމަށް ބުނެފައެވެ.

ސަނޮފީ ކުންފުންޏާއި އެންމެ ވާދަވެރި އެއް ކުންފުނި ކަމަށްވާ އަސްޓްރާ ޒެނަކާ އިން ވަނީ އެ ކުންފުނިން އުފައްދާ ވެކްސިންގެ އަގު ހާމަކޮށްފައެވެ. އެ ކުންފުނިން ބުނީ އެ ކުންފުނިން އުފައްދާ ވެކްސިންގެ އަގަކީ 2.50 ޔޫރޯ ކަމަށެވެ. އެ ކުންފުނިން ބުނީ އެ ކުންފުނިން އުފައްދާ ވެކްސިން އަގު ހެޔޮވަނީ އެ ކުންފުނީގެ އިކުއިޕްމަންޓްތައް ބޭނުންކޮށް ކުންފުނީގެ މުވައްޒަފުން ރިސާޗްތައް ހަދާތީ ކަމަށެވެ.

މި ދެ ކުންފުނިން އުފައްދާ ވެކްސިން ވެސް އެންމެ އަވަހަށް ވެސް ބޭނުން ކުރެވޭ ވަރު ވާނީ ޑިސެމްބަރު މަހު ކުރީ ކޮޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް