ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 14:13
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ
ގެޓީ އިމޭޖަސް
ކޮސްޓާ އާއި އަރިއަސް ޕޮޒިޓިވްވުން
އެތުލެޓިކޯގެ ކޮސްޓާ އާއި އަރިއަސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ކޮސްޓާ އާއި އަރިއަސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޗުއްޓީ ހޭދަކުރަން ގޮސް އުޅުމުގެ ތެރޭގައި
ދެ ކުޅުންތެރިންގެ ހަށިގަނޑުންވެސް ވައިރަހުގެ އަލާމާތެއް ފެނިފައިނުވާ ކަމަށް ރިޕޯޓުތައް ބުނޭ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އާއި ކޮލަމްބިއާގެ ޑިފެންޑަރު ސަންޓިއާގޯ އަރިއަސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެތުލެޓިކޯއިން ވަނީ އެ ދެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ކަށަވަރުކޮށްދީފައެވެ.

އެތުލެޓިކޯއިން ކުރި ޓްވީޓެއްގައި ބުނީ ޕްރީ-ސީޒަން ފެށުމުގެ ގޮތުން އެ ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ބުރާސްފަތި ދުވަހު ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި މި ޓެސްޓުތަކުގައި ބައިވެރިނުވާ ކުޅުންތެރިންނަކީ މިވަގުތު އިންޓަނޭޝަނަލް ޑިއުޓީގައި ތިބި ކުޅުންތެރިންގެ އިތުރުން ކޮސްޓާ އާއި އަރިއަސް ކަމަށެވެ. އަދި ކޮސްޓާ އާއި އަރިއަސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޗުއްޓީ ހޭދަކުރަން ގޮސް އުޅުމުގެ ތެރޭގައި ކަމަށާއި، އެ ދެ ކުޅުންތެރިން މިހާރު އައިސޮލޭޓް ކޮށްފައިވާ ކަމަށްވެސް އެތުލެޓިކޯއިން ވަނީ ބުނެފައެވެ.

އެތުލެޓިކޯއިން އެ ކުލަބުގެ ދެ ކުޅުންތެރިން ކަމަށްވާ ކޮސްޓާ އައި އަރިއަސް ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ހާމަކުރި ނަމަވެސް، އެ ދެ ކުޅުންތެރިންގެ ހަށިގަނޑުންވެސް ވައިރަހުގެ އަލާމާތެއް ފެނިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރިއަށް އޮތް އައު ސީޒަނަށް އެތުލެޓިކޯއިން އެ ކުލަބުގެ ޕްރީ-ސީޒަން ހުކުރު ދުވަހު ފަށާއިރު، ފަރިތަކުރުންތަކުގައި ކޮސްޓާ އާއި އަރިއަސްއަށް ބައިވެރިވެވޭނީ ކަރަންޓީން ޕްރޮޓޮކޯލްގެ ދަށުން އައިސޮލޭޝަނުގައި 14 ދުވަސް ހުރުމަށްފަހު ވައިރަހަށް ނެގެޓިވް ވުމުންނެވެ.

ސްޕެނިޝް ލީގުގެ އައު ސީޒަން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް