ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 15:25
އިރާގުގައި އައިއެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިމާރާތަކަށް ހަމަލާ ދެނީ
އިރާގުގައި އައިއެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިމާރާތަކަށް ހަމަލާ ދެނީ
ގޫގުލް
އަބޫ އައްޔާބް
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި
މަރާލާފައިވަނީ ހުކުރު ދުވަހު
މިއީ އެމެރިކާގެ ވައިގެ މަލާއެއް

އައިއެސްއާ ދެކޮޅަށް އިރާގުގައި ދެމުން ގެންދާ ޙަމަލާތަކުގައި އެމެރިކާގެ ވައިގެ ޙަމަލާއެއްގައި އެޖަމާއަތު މީހުންގެ މުފްތީއެއް ކަމަށް ބަލަމުން އަންނަ އަބޫ އައްޔާބު މަރާލައިފިއެވެ.

 

ހަނގުރާމަވެރިންގެ ވެރިންގެ މެދުގައި އަބޫ އައްޔާބުގެ ނަމުން މަޝްހޫރުވެފައިވާ މުފްތީ އައްޝައިޚް އަބްދުﷲ އަލް ބަދްރާނީ މަރާލާފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް އިރާގުގެ އަސްކަރިއްޔާއިން ބުނެއެވެ.

 

އިރާގުގެ އަސްކަރިއްޔާގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުގައި ބަދްރާނީ މަރާލާފައިވަނީ މޫސަލްގެ ހުޅަނގުގައިވާ އައިއެސްގެ މަރުކަޒަކަށް ދިން ވައިގެ ހަމަލާއެއްގަ އެވެ.

 

ބަދްރާނީ މަޝްހޫރުވެފައިވަނީ، މީހުންގެ ކަރުބުރި ކުރުމާއި ދިރިތިއްބާ އަންދާލުންފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަކަމެއް ކަމަށް ކަނޑައަޅާ އެފަދަ ކަންކަންކުރުމަށް ހުއްދަދޭ ފަރާތެއްގެ ގޮތުގައެވެ.

 

އެމެރިކާ ސިފައިން ޙަމަލާދިން އައިއެސް ޖަމާއަތުގެ މަރުކަޒަކީ މުސަލްގެ މަސްޖިދުއްނޫރީ ކިޔާ މިސްކިތެކެވެ. އެތަން އައިއެސްގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަން ފެށީ ކުރިން ބަދަލުކުރެވުނު ހަމަލާތަކެއްގައި އެތަން ސުންނާފަތިވެ ހަލާކުވުމުންނެވެ.

 

އަލްނޫރީ މިސްކިތަކީ އައިއެސް ޖަމާއަތް އުފެދުނު ފަހުން ވަރަށް މަޝްހޫރިވި މިސްކިތެކެވެ. އެގޮތުން ޖޫން، 2014 ގައި އައިއެސް ޖަމާއަތަކީ ޚިލާފަތެއްކަމާއި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އަކީ ޚަލީފާކަމަށް އިއުލާން ކުރެވުނީ އެ މިސްކިތުގައެވެ.

 

އިރާގުގެ އަސްކަރިއްޔާ އާ ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އެތަނުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ބަދްރާނީގެ ހަށިގަނޑު ހިމެނޭކަން ކަށަވަރުވެފައިވެއެވެ.

 

އައިއެސް ޖަމާއަތުން ހިންގާ އަނިޔާވެރި އަމަލުތަކުގެ އަމުރު އެންމެ ގިނައިން ނެރޭ އެއް ފަރާތަކީ ބަރްދާނީއެވެ.

 

ބަރްދާނީ ނެރިފައިވާ އަމުރުތަކުގެ ތެރޭގައި އިރާގުގެ ޔަޒީދީ ދަރިކޮޅުގެ އަންހެނުން އަޅުންގެ ގޮތުގައި ގަނެވިއްކުމާއި، އައިއެސް ޖަމާއަތާއި ޚިޔާލްތަފާތުވާ މީހުންގެ ކަރުބުރިކޮށް ދިރިތިއްބައި އަލިފާނަށް ލައިގެން އެންދުމާއި ސޮލީބަށް ނަގާ ދަންޖެއްސުންފަދަ ކަންކަން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް