ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 07:15
ގެފުޅު ދޮންނެވުމަށްފަހު މައްކާގެ އަމީރު އަދި ރަސްގެފަނުގެ އެޑްވައިޒަރު ވަލީއަހުދު ހާލިދު އަލް ފައިސަލް ގެފުޅު ތެރެއިން ނުކުމެވަޑައިގަންނަވަނީ
ގެފުޅު ދޮންނެވުމަށްފަހު މައްކާގެ އަމީރު އަދި ރަސްގެފަނުގެ އެޑްވައިޒަރު ވަލީއަހުދު ހާލިދު އަލް ފައިސަލް ގެފުޅު ތެރެއިން ނުކުމެވަޑައިގަންނަވަނީ
ސައުދީ ގެޒެޓް
ގެފުޅު ދޮވުން
ގެފުޅު ދޮވެފި
ގެފުޅު ދޮވުނީ ބުރާސްފަތި ދުވަހު
ކޮންމެ އަހަރަކު ގެފުޅު ދޮންނަނި ހިޖުރީ އައު އަހަރު ފެށުމާއެކު މުހައްރަމް މަހުގެ 15 ވަނަ ދުވަހު
ދެވަނަ ފަހަރަށް ގެފުޅު ދޮންނަނި ޝައުބާން މަސް ފެށުމުން

މައްކާގައި ހުންނަ މާތްވެގެންވަ ކައުބަތުﷲ ގެފުޅު ދޮވެފިއެވެ.

ސައުދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާ ގޮތުން ދެ ހަރަމްގެ ބެލެހެއްޓެވުމުގެ ޒިންމާ ހަވާލުވެވަޑައިގެން ހުންނެވި ސަލްމާން ރަސްގެފަނުގެ ފަރާތްޕުޅުން ގެފުޅު ދޮވުމުގެ ކަންކަމުގައި އުޅުއްވީ މައްކާގެ އަމީރު އަދި ރަސްގެފަނުގެ އެޑްވައިޒަރު ވަލީއަހުދު ހާލިދު އަލް ފައިސަލެވެ. ގެފުޅު ދޮވެފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ގެފުޅު ދޮވުމުގެ ހުއްދަ ސަލްމާން ރަސްގެފާން ދެއްވާފައިވަނި މި ހިނގަމުންދާ މުހައްރަމް މަހުގެ 15 ވަނަ ދުވަސް ނުވަތަ ސެޕްޓެމްބަރ މަހުގެ 3 ވީ ބުދަ ދުވަހުއެވެ. އަދި މިކަން ކޮށްފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދަ މަސައްކަތުގެ ތެރެއިން ޕްރިވެންޓިވް ޕްރޮޓޮކޯލްގެ ތެރެއިން ކަމަށް ސައުދީ ގެޒެޓުގައި ވަނި ރިޕޯޓްކޮށްފައެވެ.

މި ހަފްލާއާއި ގުޅިގެން ދެ ހަރަމާއި ގުޅޭ އެފެއާޒްގެ އެންމެ އިސްކޮށް ހުންނަވާ ފަރާތްކަމަށްވާ ޝެއިހް އަބްދުލް ރަހުމާން އަލް ސުދައިސް ވިދާޅުވި ރަސްގެފާނު، ގެފުޅު ދޮންނަން ހުއްދަ ދެއްވުމުން ދޭހަވެގެންދަނި ސައުދީން ދެ ހަރަމްފުޅު ބަލަހައްޓަވަމުން ގެންދަވާ މިންވަރު ކަމަށާއި، އަދި މިއީ ގެފުޅަށް އަންނަ ފަރާތްތަކަށް ވެސް ލިބިގެންދާ ރައްކާތެރި ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މުސްލިމުންގެ އެންމެ މުގައްދަސް ބިނާ ދޮވުމުގެ ކަންކަކަން ކުރިއަށްދާނީ ކަނޑައަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއެކުގައި ކަމަށާއި، އެކަން އެގޮތަށް ކުރައްވަނީ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ.

ކައުބާ ދޮންނާނީ ޒަމްޒަމް ފެނާއި، ފިނިފެންމާ ފެން އަދި އަތަރާއި އެހެނިހެން ސެންޓު، ބޭނުންކޮށްގެން ނެވެ.

ރަސްގެފާނު ނިންމަވާފައިވަނީ ކޮންމެ އަހަރެއްގެ ވެސް މުހައްރަމް މަހުގެ 15 ވަނަ ދުވަހަކީ ކައުބާ ދޮންނަ ދުވަސްކަމުގައި ހަމަޖެއްސެވުމަށެވެ. އަދި ޝައުބާން މަހު ދެވަނަ ފަހަރަށް ދޮންނަން ނިންމަފައިވާ ނިންމުން ރަސްގެފާނު ވަނީ ބާތިލް ކުރައްވާފައެވެ. މިގޮތަށް ނިންމަވާފައިވަނީ ހަރަމްފުޅު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެންނެވެ.

ގެފުޅު ދޮންނެވުމަށް މައްކާގެ އަމީރު އަދި ރަސްގެފަނުގެ އެޑްވައިޒަރު ވަލީއަހުދު ހާލިދު އަލް ފައިސަލް ގެފުޅަށް ވަޑައިގަންނަވަނީ

ގެފުޅު ދޮންނަނީ ކީރިތި ރަސޫލާ މައްކާ ފަތަހަ ކުރައްވަން ވަޑައިގެންނެވި ހާދިސާގައި ގެފުޅު ތާހިރު ކުރައްވާ އެތަނުގައި ބަހައްޓާފައިވާ ބުދުތައް ނެންގެވި ހާދިސާއިން މިސާލު ނަންގަވައިގެންނެވެ.

އަދި ޒަމާންތަކެއް ވަންދެން ގެފުޅު ބެލެހެއްޓުމުގެ ޒިންމާއާއި ހަވާލުވެގެން ތިބި ފަރާތްތަކުން އަންނަނީ އެގޮތަށް އަމަލުކުރައްވަމުންނެވެ. ނަމަވެސް ވަކި ތާރީހެއް އެއިރު ނުބަލައެވެ.

ރަސްގެފާނު އަބްދުލްއަޒީޒުގެ ޒައާމަތާއެކު ކޮންމެ އަހަރަކު ދެ ފަހަރު ގެފުޅު ދޮވުމަށް ނިންމަވާފައިވެއެވެ. އެގޮތުން ފުރަތަމަ ހިޖުރީ އައު އަހަރުގެ ފުރަތަމަ މަސްކަމުގައިވާ މުހައްރަމް މަހާއި، ޝައުބާން މަސް ފެށުމާއެކުއެވެ. އަދި އަރަފާތު ދުވަހު ގެފުޅުގެ އުރަކޮޅު ބަދަލު ކުރައްވައެވެ. އެއީ ހައްޖު މަހުގެ 9 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ގެފުޅުގެ އެތެރެ ދޮވުމަކީ އެއިރަކު ވެރިޔަކަށް ހުންނަވާ ފަރާތެއް ނުވަތަ އެބޭފުޅެއްގެ ފަރާތުން އެހެން ބޭފުޅަކު އެކަން ކުރެއްވުމަކީ ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ ގަދީމީ އާދައެކެވެ.

އެގޮތުން ތުވާލިކޮޅު ބޭނުންކުރައްވައިގެން ގެފުޅުގެ އެތެރެ ސާފްކުރެއެވެ. ގެފުޅުގެ ދާރުގެ އެތެރެ ފަރާތް ސާފްކުރަނީ ހުދު ތުވާލިކޮޅެއް ފިނިފެންމާ ފެނާއި އަތަރު ބޭނުންކޮށްގެންނެވެ. އަދި ފިނިފެންމާ ފެނާއެކު ޒަމްޒަމް ފެން އެއްކުރުމަށްފަހު ގެފުޅުގެ އެތެރޭގެ ތަޅުންމައްޗަށް އަޅުއްވާ އަތުންނާއި ފަންވަތް ބޭނުންކޮށްގެން ދޮވެ ހަދައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް