ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 23:03
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ރޮނާލްޑޯއަށް އަނިޔާވުން
ރޮނާލްޑޯއަށް އަނިޔާވެ ކްރޮއޭޝިއާ މެޗުގައި ނުކުޅެވިދާނެ
ރޮނާލްޑޯގެ ފަޔަށް އަނިޔާވީ ޕޯޗުގަލްގެ ފަރިތަކުރުންތަކުގެ ތެރެއިން
ސްވިޑެންއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ރޮނާލްޑޯއަށް ކުޅެވޭނެ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ހޮނިހިރު ދުވަހުގެރޭ ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯގެ ފަޔަށް އަނިޔާވީ ޕޯޗުގަލްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ކްރޮއޭޝިއާއާ ދެކޮޅަށް ޕޯޗުގަލް ނުކުންނަ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވުނު ކަމުގައި ވިޔަސް، ނޭޝަންސް ލީގުގައި މި މަހުގެ އަށްވަނަ ދުވަހު ސްވިޑެންއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުތަކުގައި ރޮނާލްޑޯއަށް ކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ނޭޝަންސް ލީގުގެ ފުރަތަމަ މެޗު ރޮނާލްޑޯއަށް ގެއްލޭނެ ކަމަށް ބެލެވޭއިރު، މީގެ ކުރިން މިދިޔަ ސީޒަނުގައިވެސް ރޮނާލްޑޯގެ އަނިޔާވެފައެވެ. އެފަހަރު ރޮނާލްޑޯ ފަޔަށް އަނިޔާވެ އިޓާލިއަން ލީގުގެ ދެ މެޗު އޭނާއަށް ވަނީ ގެއްލިފައެވެ.

މިފަހަރުގެ ނޭޝަންސް ލީގުގައި ޕޯޗުގަލް ވާދަކުރަން ޖެހެނީ ލީގު އޭގެ ގްރޫޕް ތިނެއްގައެވެ. މި ގްރޫޕްގައި ޕޯޗުގަލްގެ އިތުރުން ހިމެނެނީ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި އެ މުބާރާތުގެ ރަނަރަޕް ކްރޮއޭޝިއާ އަދި ސްވިޑެންއެވެ.

ނޭޝަންސް ލީގު ބުރާސްފަތި ދުވަހުގެރޭ ފަށާއިރު، އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނަ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 23:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް