ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 21:40
ސިޓީ ފުޓްބޯލް ގްރޫޕުން ގަތް ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޓުއާގެ ކުޅުންތެރިން
ސިޓީ ފުޓްބޯލް ގްރޫޕުން ގަތް ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޓުއާގެ ކުޅުންތެރިން
ގެޓީ އިމޭޖަސް
ސިޓީގެ ވެރިން ޓުއާ ގަތުން
މެންޗެސްޓާ ސިޓީގެ ވެރިން ފްރާންސްގެ ކުލަބެއް ގަނެފި
ސިޓީ ފުޓްބޯލް ގްރޫޕުން ގަތީ ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޓުއާ
މިއީ ސިޓީ ފުޓްބޯލް ގްރޫޕުން ގަތް 10 ވަނަ ކުލަބު

މެންޗެސްޓާ ސިޓީ ހިންގާ ސިޓީ ފުޓްބޯލް ގްރޫޕުން ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޓުއާ ގަނެފިއެވެ.

މިއީ ޔޫއޭއީގެ މަހުޖަނުން އިސްވެ، އެމެރިކާ އާއި ޔޫރަޕްގެ ވިޔަފާރިތަކަކާވެސް ގުޅިގެން ހިންގާ ސިޓީ ފުޓްބޯލް ގްރޫޕުން ގަތް 10 ވަނަ ކުލަބެވެ.

ސިޓީ ފުޓްބޯލް ގްރޫޕްގެ ޗީފް އެގްޒެކުޓިވް ފެރާން ސޮރިއާނޯ ވިދާޅުވީ ފްރާންސްގެ ކުލަބެއް ގައުމަށް ސިޓީ ފުޓްބޯލް ގްރޫޕުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި، އެގޮތުން ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޓުއާ ގަތުމަށް ނިންމީ އެ ކުލަބާ ދޭތެރޭ ސިޓީގެ ވެރިން ހިތްހަމަޖެހޭތީ ކަމަށެވެ.

ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ވާދަކުރަމުން އަންނަ ޓުއާ އަކީ 2001 ވަނަ އަހަރުގެ ޔުއެފާ އިންޓަޓޮޓޯ ކަޕް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ކެންސަލް ކުރިއިރު ޓުއާ އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

ސިޓީ ފުޓްބޯލް ގްރޫޕުން ގަނެފައިވާ 10 ކުލަބު:

  • މެންޗެސްޓާ ސިޓީ (އިންގްލެންޑް)
  • ނިއުޔޯކް ސިޓީ (އެމެރިކާ)
  • މެލްބަން ސިޓީ (އޮސްޓްރޭލިއާ)
  • ޔޮކަހޯމާ މެރިނޯސް (ޖަޕާން)
  • މޮންޓެވީޑިއޯ ސިޓީ (އުރުގުއޭ)
  • ޖިރޯނާ (ސްޕެއިން)
  • ޝިޗުއާން އެފްސީ (ޗައިނާ)
  • މުމްބާއި ސިޓީ (އިންޑިއާ)
  • ލޮމެލް އެސްކޭ (ބެލްޖިއަމް)
  • ޓުއާ (ފްރާންސް)

ސިޓީ ފުޓްބޯލް ގްރޫޕުން 10 ކުލަބެއް ގަނެފައިވާއިރު، ހުރިހާ ކުލަބުތައް އޮންނަނީ އެއް ޕްލެޓްފޯމެއްގެ ތެރެއިން ގުޅާލެވިފައެވެ. އަދި އެކެޑެމީ ލެވެލްގެ ޕްރޮގްރާމުން ފެށިގެން ހުރިހާ ކަންތައްތަކެއް އެއް މޮޑިއުލްގެ ތެރެއިން ކުރިއަށްދާއިރު، އެކި ޓީމުތަކުގެ މެދުގައި ކުޅުންތެރިން ބަދަލުކުރުމުގެ ކަންތައްތައްވެސް ކުރިއަށްދެއެވެ. އެ ގޮތުން ޗެލްސީގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރުގެ ކޯޗު ފްރޭންކް ލަމްޕާޑް ނިއުޔޯކް ސިޓީއަށް ބަދަލުވި ޑީލުގެ ތެރެއިން އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއަށްވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް