ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 21:44
\"ހުވާ ކޮށްފާ ބުނަން\" ޕޯސްޓަރ
"ހުވާ ކޮށްފާ ބުނަން" ޕޯސްޓަރ
ފޭސްބުކް
"ހުވާކޮށްފާ ބުނަން"ގެ ޓީޒާ
"ހުވާކޮށްފާ ބުނަން"ގެ ޓީޒާ ޓްރެއިލަރ ދައްކާލައިފި
ހުވާކޮށްފާ ބުނަން އަކީ ލޯތްބާއި އިޖްތިމާއި ކަންތައްތައް ދައްކުވައިދޭ ޑްރާމާ އެއް
މި ޑްރާމާގައި 26 އެޕިސޯޑް އެކުލެވޭ

ޔޫއްޕެ ޕްރޮޑަކްޝަންގެ ޑްރާމާ ސީރީޒް "ހުވާކޮށްފާ ބުނަން"ގެ ޓީޒާ ޓްރެއިލަރ ދައްކާލައިފިއެވެ.

މި މަސްތެރޭގައި ދައްކަން ފަށަން ހަމަޖެހިފައިވާ މި ޑްރާމާ ސިލްސިލާ އަކީ ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ ޑްރާމާއެކެވެ.

ސީދާ ދައްކާނެ ވަކި ތާރީޙެއް އަދި ހާމަކޮށްފައި ނުވާ މި ޑްރާމާގެ ކާސްޓުންނަކީ އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، އަހުމަދު ސައީދު، އަހުމަދު އީސާ (އާނަންދު)، މުހައްމަދު މުސްތަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)،ނާޝިދާގެ އިތުރުން ވާޝިޔާއެވެ.

ހުވާކޮށްފާ ބުނަން އަކީ 26 އެޕިސޯޑުގެ މައްޗަށް އުފައްދާ ސީރީޒްއެކެވެ. ލޯބީގެ އިތުރުން އިޖުތިމާއީ މައްސަލަތަކެއް ވެސް މި ޑްރާމާގައި ވަރަށް ފުރިހަމައަށް ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް