ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 13:43
ދިވެހި އަންހެން މަސައްކަތްތެރިން
ދިވެހި އަންހެން މަސައްކަތްތެރިން
ރާއްޖެ އެމްވީ
އެސްޑީއެފްސީ
އެސްޑީއެފްސީ އިން އަންހެނުންނަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
 
736 އަންހެނުން ވަނީ ލޯނަށް އެދި ހުށައަޅާފައި
 
އަމިއްލަ މަސައްކަތްކުރާ 91 އަންހެނުންނަށް 2.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
 
އަންހެން މަސައްކަތްތެރިންގެ 389 ވިޔަފާރިއަކަށް 100.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި

ކޮވިޑް-19 އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯނުތައް 480 އަންހެނުންނަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް 29 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްސީ އިން ވަނީ އަންހެން މަސައްކަތްތެރިންނަށް 102.9 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އެގޮތުން ލޯނަށް އެދި ހުށައަޅާފައިވާ އަންހެން މަސައްކަތްތެރިންގެ 389 ވިޔަފާރިއަކަށް 100.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، އަމިއްލަ މަސައްކަތްކުރާ 91 އަންހެނުންނަށް 2.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، 736 އަންހެނުން ވަނީ ލޯނަށް އެދި ހުށައަޅާފައެވެ. އެއީ 154.5 މިލިއަން ރުފިޔާގެ ލޯނުކަމަށް ފިނޭންސް އިން ބުނެއެވެ. ލޯނަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން 493 ފަރާތަކީ ވިޔަފާރިތައް ކަމަށާއި 243 ފަރާތަކީ އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ކަމަށް ފިނޭންސް އިން ބުނެއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކުގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޙާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ.

އެސްއެމްއީ ބޭންކް މެދުވެރިކޮށް އަންހެނުންނަށް ޙާއްސަ އިސްކަމެއްދީގެން ލޯނު ދޫކުރާއިރު ޒުވާނުންނާއި، އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ޙާއްސަ އިސްކަމެއްދީގެން އަންނަނީ ލޯނު ދޫކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް