ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 23:07
މާދުރީ ޑިކްސިޓް
މާދުރީ ޑިކްސިޓް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
މާދުރީ ކައްކަން ފަށައިފި
ދާދިފަހުން މާދުރީ ވަނީ ޔޫޓިއުބް ޗެނަލެއް ލޯންޗްކޮށްފައި
މާދުރީ ދަނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާ ކުރަމުން

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ މާދުރީ ޑިކްސިޓްގެ ކެއްކުންތައް ފޭނުންނާއި ހިއްސާކުރަން ފަށައިފިއެވެ.

ގިނަ އަހަރުތަކެއް ވަންދެން ބޮލީވުޑްގެ ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ އަދި މިހާރު ވެސް އޭނާގެ ނެށުމުގެ ހުނަރުން ފިޔަޖަހަމުންދާ ތަރި މާދުރީ ވަނީ ދާދި ފަހުން އޭނާގެ އަމިއްލަ ޔޫޓިއުން ޗެނަލްއެއް ލޯންޗު ކޮށްފައެވެ.

ޔޫޓިއުބުން ޗެނަލްގައި މާދުރީ ދަނީ އާންމު ދިރިއުޅުމުގެ ކަންކަން ހިއްސާ ކުރަމުންނެވެ.

އެގޮތުން އިންޑިއާގައި ފާހަގަ ކުރަމުންދާ ގަނަޕަތީ ވިސަރްޖަންއާ މުނާސަބާއާ ގުޅިގެން ބުދަ ދުވަހު މާދްރީ ވަނީ އޭނާގެ އެންމެ ފޭވަރިޓް ޑެޒާޓް ކަމަށްވާ "މޯދަކް" ތައްޔާރު ކުރާނެ ގޮތް އޭނާގެ ފޭނުންނާއި ހިއްސާކޮށްފައެވެ.

އެވީޑިއޯގައި މާދުރީ މޯދަކް ތައްޔާރު ކުރަމުން ދިޔައިރު ބުނެފައިވަނީ އޭނާ އަކީ ކައިވެނި ކުރުމުގެ ކުރިން ކައްކަން އިނގޭ މީހެއް ނޫން ކަމަށެވެ. އަދި އޭރު އޭނާ އަށް އެނގެނީ ހަމައެކަނި ބިސްގަނޑު ފަދަ ތަކެތި ތައްޔާރު ކުރަން ކަމަށް މާދުރީ ވަނީ ބުނެފައެވެ.

މާދުރީ ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރުއެވެ. މާދުރީ އާއި ޑޮކްޓަރެއް ކަަމަށްވާ ޝްރީރާމް ނޭނޭ އަށް ވަނީ ދެ ކުދިން ލިބިފައެވެ.

ކައިވެންޏަށް ފަހު މަދުރީ ވަނީ ކުކުޅު ރިހަ ފަދަ ބޮޑެތި ކެއްކުންތައް ކައްކަން ދަސްކޮށްފައިކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 21:56
އިބޫ ވަރަށް، ކުކުޅު ރިހަ، ބިސްގަޑު އަޅާކަށް މަދޫރީއަށް ނޭގޭނެ!😀😃😄
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 11:44
ސިސްޓަމް
އެޗްޕީއޭގަ ރަޖިިސްޓްރީ ކުރިބާ؟
2 ސެޕްޓެންބަރ 2020 | ބުދަ 23:34
ޖޫހީ
މަދޫރީ ކައްކާ ޗެނަލް ހިންގަނީ ރަޖިސްޓްރީ ކޮއްގެންތަ؟