ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 14:49
އާސެނަލަށް ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ހެކްޓާ ބެލެރިން
އާސެނަލަށް ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ހެކްޓާ ބެލެރިން
ގެޓީ އިމޭޖަސް
ބެލެރިން ހޯދުމަށް ޕީއެސްޖީން މަސައްކަތް ކުރުން
ބެލެރިން ހޯދުމަށް ޕީއެސްޖީން 25 މިލިޔަން ޕައުންޑްގެ ބިޑެއް
ބެލެރިން ހޯދުމަށް ޕީއެސްޖީން ވަނީ މިދިޔަ ހަފުތާގައި އާސެނަލާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައި
ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުން ބެލެރިން ވިއްކާލާނެ

އާސެނަލަށް ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ހެކްޓާ ބެލެރިން ހޯދުމަށް ޕީއެސްޖީން 25 މިލިޔަން ޕައުންޑްގެ ބިޑެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސެލޯނާގެ ޔޫތު ޓީމަށް ކުޅެފައިވާ ބެލެރިން ހޯދުމަށް ޕީއެސްޖީން ވަނީ މިދިޔަ ހަފުތާގައި އާސެނަލާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި އެ މަޝްވަރާތަކަށްފަހު މިހާރު ބެލެރިންއަށް 25 މިލިޔަން ޕައުންޑް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 25 އަހަރުގެ ޑިފެންޑަރު މިވަގުތު އާސެނަލްގެ އެއްބަސްވުމުގައި ހުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އާސެނަލުން މިހާތަނަށް މި ޓްރާންސްފާ ބާޒާރުގައި 41 މިލިޔަން ޕައުންޑް ޚަރަދުކޮށްފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުން ބެލެރިން ވިއްކާލާނެއެވެ.

ޕީއެސްޖީން ބެލެރިން ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ޔުވެންޓަސް އާއި ބަޔާން މިއުނިކުންވެސް އަންނަނީ ބެލެރިންއަށް ފާރަލަމުންނެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް ކުޅުމަށް ފަހު އާސެނަލްގެ ޔޫތު ޓީމާ 2011 ވަނަ އަހަރު ގުޅުނު ބެލެރިން ސީނިއާ ޓީމަށް ކުޅެން ފެށީ 2013 ވަނަ އަހަރެވެ. އާސެނަލަށް މިހާތަނަށް 205 މެޗު ކުޅެދީފައިވާ ޑިފެންޑަރު ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ބެލެރިން ވަނީ ސްޕެއިން ގައުމީ ޓީމަށް މިހާތަނަށް ތިން މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް