ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 22:27
ޖެނީލިއާ ދޭޝްމުކް
ޖެނީލިއާ ދޭޝްމުކް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޖެނީލިއާ ކަރަންޓީންގައި ހުރިއިރު ކުރެވުނު އިހުސާސްތައް ކިޔައި ދީފި
ކަރަންޓީންގައި 21 ދުވަސް ވަނީ ހޭދަކޮށްފައި
އެންމެ ހިތްދަތިވީ ތުއްތު ދެކުދިންނާއި ދުރުގައި ހުންނަންޖެހުމުން ކަމަށްބުނި

ބޮލީވުޑްގެ ތަރި ޖެނީލިއާ ޑިސޫޒާ ކޮވިޑް 19 އަށް ޕޮޒިޓިވްވިއިރު ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް އޭނާ ބުނެފިއެވެ.

ބޮލީވުޑް އެކްޓަރ ރިތޭޝް ދޭޝްމުކްގެ އަންހެނުން ޖެނީލިއާ ދާދި ފަހުން ވަނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 21 ދުވަސް ކަރަންޓީންގައި ދުވަސްތައް ހޭދަކުރި ގޮތް ހިއްސާ ކޮށްފައެވެ.

އުމުރުން 33 އަހަރުގެ ޖެނީލިއާ ބުނެފައިވަނީ އޭނާ އާއި ރިތޭޝް މުމްބައިގެ ލީލާވަތީ ހޮސްޕިޓަލަށް ގޮސް ކޮވިޑް އަށް ޓެސްޓް ކުރީ އެމީހުންގެ ކްލޯޒް ކޮންޓެކްޓެއް ޕޮޒިޓިވް ވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ޖެނީލިއާ ބުނި ގޮތުގައި ޕޮޒިޓީވްވީ ހަށީގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނިއެވެ. އަދި ވައިރަސް ހުރެދާނެ ކަމަކަށް އެއްވެސް ގޮތަކަށް ހީނު ކުރާ ކަމަށް ތުއްތު ދެ ކުދިންގެ މަންމަ ޖެނީލިއާ ވަނީ ބުނެފައެވެ.

ނަމަވެސް ޓެސްޓް ނަތީޖާ ޕޮޒިޓިވް ވުމުން ކޮވިޑް ޖެހިފައިވާކަން ޔަގީން ކުރެވުނު ކަމަށް ޖެނީލިއާ ބުންޏެވެ. ނަމަވެސް ރިތޭޝްގެ ނަތީޖާ ނެގެޓިވް ކަމަށް އޭނާ ވަނީ ބުނެފައެެވެ.

އަދި އެ އާއިލާއިން ކޮވިޑަށް ޕޮޒިޓީވްވީ އޭނާ އެކަނި ކަމަށް ޖެނީލިއާ ވަނީ ބުނެފައެވެ.

ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ވީހާވެސް އަވަހަށް ވޯލީގައި ހުންނަ އެނާގެ އެޕާޓްމަންޓަކަށް ބަދަލުވެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރީ އެ އެޕާޓްމަންޓްގައި އެކަނި ކަމަށް ޖެނީލިއާ ވަނީ ބުނެފައެވެ.

ކަރަންޓީނުގައި ހުރިއިރު އެންމެ ބޮޑު ހިތްދަތިކަމެއް އިހުސާސް ކުރެވުނީ އޭނާގެ ދެ ދަރިން ކަމަށްވާ ރިއާން އާއި ރަހީލް އާ ދުރުގައި ހުންނަން ޖެހުމުން ކަމަށް ޖެނީލިއާ ވަނީ ބުނެފައެވެ.

އެކަނިވެރިކަމުގެ އިހްސާސް އަކީ ވަރަށް މާޔޫސްވާނެ ކަމަކަށް ވާނޭކަމަށް ކުރިން ޑޮކްޓަރު ވެސް ބުނި ކަަމަށް ޖެނީލިއާ ވަނީ ބުނެފައެވެ.

"އަހަރެންނަށް ރިތޭޝް އާއި ކުދިންނާއި ދުރުގައި ހުރުމަކީ ވަރަށް އުނދަގޫ ކަމަށްވި" ޖެނީލިއާ ބުންޏެވެ.

ޖެނީލިއާ ބުނީ އެ ދުވަސްތަކުގައި ރިތޭޝްއާއި އޭނާގެ މަންމަ އާއި މައިދައިތަ އަދި ރިއާން، ރަހީލް އަދި ރައްޓެހިން އޭނާއަށް އިރުއިރުކޮޅުން ވީޑީއޯ ކޯލް ކޮށް ވާހަކަ ދައްކާ ހިތްވަރު ދިނުމުން ވަރަށް ހިތްހަމަޖެހުނު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް