ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 17:25
ވީއެމްއޭސް ހަފްލާގައި ލޭޑީ ގާގާ
ވީއެމްއޭސް ހަފްލާގައި ލޭޑީ ގާގާ
އެމްޓީވީ
ލޭޑީ ގާގާ އާއި ބީޓީއެސް
މިއަހަރުގެ ވީއެމްއޭސް، ލޭޑީ ގާގާ އާއި ބީޓީއެސް އަށް ބޮޑު އަހަރަކަށް
ވީއެމްއޭސް މިފަހަރު ބާއްވާފައިވަނީ އައުޓްޑޯ ސްޓޭޖެއްގައި
ގިނަ އެވޯޑް ތަކަށް ނޮމިނޭޓް ވެފައި ވަނީ އަރިއާނާ ގްރޭންޑޭއާއި ލޭޑީގާގާ
އެންމެ ޝަރަފުވެރި އެވޯޑް ލިބިފައިވަނީ ލަވަކިޔުންތެރިޔާ "ދަ ވީކެންޑް"ގެ "ބްލައިންޑިން ލައިޓްސް" އަށް

މިއަހަރު (ވީއެމްއޭސް) ހަފްލާގައި މަޝްހޫރު އާޓިސްޓް ލޭޑީ ގާގާއާއި ކޭޕޮޕް ގްރޫޕް ބީޓީއެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

(ވީއެމްއޭސް) އަކީ އެމްޓީވީއިން ބާއްވާ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާއެކެވެ. މިފަހަރު މި ހަފްލާ ބާއްވާފައި ވަނީ އައުޓްޑޯ ސްޓޭޖެއްގައެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ އެވޯޑް ހަފްލާ ތަފާތު ވަނީ މި ސަބަބާއި ހުރެއެވެ.

ކޮވިޑް19 ގެ ސަބަބުން މިފަދަ ހުރިހާ ޝޯވް އަދި ހަފްލާތައް ކެންސަލް ނުވަތަ ފަހަތައް ޖައްސާލާފައިވާ މި ދަނޑިވަޅުގައި ވެސް އެމްޓީވީގެ ވީއެމްއޭސް ހަފްލާ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހަފްލާގެ މަދު ނޮމިނޭޝަން ތަކެއް ފިޔަވައި ހުރިހައި ނޮމިނޭޝަނަކަށް ވެސް އަރިއާނާ ގްރޭންޑޭއާއި ލޭޑީގާގާ ހޮވިފައިވެއެވެ. ވަކިން ޙާއްސަކޮށް ހޯމަ ދުވަހު އޮތް މި ހަފްލާގައި ލޭޑީގާގާ ގިނަ ފަހަރުތަކެއްގެ މަތިން ސްޓޭގުން ފެނިގެން ދެއެވެ.

ހަފްލާގެ ފުރަތަމަ އެވޯޑު ލިބުނީ "ރެއިން އޮން މީ"އަށެވެ. މިއީ އާރިއާނާ އާއި ގާގާގެ ކޮލެބޮރޭޝަން އެކެވެ. މީގެ އިތުރުން އަހަރުގެ ލަވައިގެ އެވޯޑާއި އަހަރުގެ އާޓިސްޓުގެ އެވޯޑުވެސް ގާގާ ހޯދާފައިވާއިރު ބީޓީއެސް ވަނީ ހަތަރު އެވޯޑެއް ހޯދާފައެވެ. މި އެވޯޑު ތަކުގެ ތެރޭގައި އެ ގްރޫޕުގެ ސިންގަލް ކަމަށްވާ "އޮން"އަށް ވަނީ ބެސްޓް ޕޮޕް އެވޯޑް ލިބިފައިވާ އިރު އެންމެ މޮޅު ކޭޕޮޕް އެވޯޑް ވެސް ލިބިފައިވަނީ ބީޓީއެސްގެ "އޮން" އަށެވެ. އެންމެ މޮޅު ގްރޫޕުގެ އެވޯޑު ބީޓީއެސްއަށް ލިބުނު އިރު "އޮން" އަށް ވަނީ އެންމެ މޮޅު ކޮރިއޯގްރަފީގެ އެވޯޑު ލިބިފައެވެ.

އަހަރުގެ އެންމެ މޮޅު އާޓިސްޓުގެ އެވޯޑު ޑޯޖާ ކެޓް އަށް ލިބިފައިވާއިރު އަހަރުގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ވީޑިއޯ އޮފް ދަ އިޔާ" ލިބިފައިވަނީ ލަވަކިޔުންތެރިޔާ "ދަ ވީކެންޑް"ގެ "ބްލައިންޑިން ލައިޓްސް" އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް