ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 14:49
ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް ވަނީ ބޮޑު އަސަރެއް ކޮށްފަ
ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް ވަނީ ބޮޑު އަސަރެއް ކޮށްފަ
އިންޑިއާ
ކޮވިޑް-19 އާއި އެކު އިންޑިއާގެ ޖީޑީޕީ 23.9 އިންސައްތަ ދަށަށް
އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ އިންޑިއާގެ އިމާރާތްކުރުމުގެ ސިނާއަތަށެ
މިހާ ބޮޑު އަސަރެއް ކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން
ކޮވިޑް-19 އާއި އެކު އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ އިންޑިއާގެ އިގްތިސާދަށް

ކޮވިޑް-19ގެ ސަބަބުން ދިމާވި މާލީ ގޮންޖެހުންތަކާއެކު އިންޑިއާގެ ޖީޑީޕީ 23.9 އިންސައްތަ ދަށަށް ގޮސްފިއެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން މިއަަހަރުގެ ފުރަތަމަ ކުއާޓާގައި އެގައުމުގެ ޖީޑީޕީ 23.9 އިންސައްތަ ދަށަށްގޮސްފައިވާ އިރު، ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި އިންޑިއާގެ ޖީޑީޕީ ވަނީ ފަސް އިންސައްތަ އިތުރުވެފައެވެ.

މިއަހަރު އިންޑިއާގެ ޖީޑީޕީ ދަށަށް ގޮސްފައިވާއިރު، އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ އެގައުމުގެ އިމާރާތް ކުރުމުގެ ސިނާއަތަށެވެ. އެގޮތުން އިމާރާތް ކުރުމުގެ ސިނާއަތް 50 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ހޮޓެލް އިންޑަސްޓްރީ ވަނީ 47 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި އުފެއްދުންތެރިކަމުގެ ސިނާއަތް ވަނީ 39.3 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މައިނިންގ ވަނީ 23.3 އިންސައްތަ ދަށަށް ގޮސްފައެވެ.

މިއީ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި ލޮކްޑައުން އިއުލާނު ކުރެވުނު ތިން މަސް ކަމަށްވާ އޭޕްރިލް، މޭ އަދި ޖޫން މަހު އެގައުމުގެ އިގްތިސާދަށް ކޮށްފައިވާ އަސަރެވެ. މިއީ އިންޑިއާގެ 2020-21 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބެވެ.

އިންޑިއާގެ އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ޖޫން މަހު ކަމަށް ނޫސްތަކުގައި ބުނެއެވެ. އަދި އިންޑިއާ އަށް ކޮށްފައިވާ އަސަރަކީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު، އެންމެ ބޮޑަށް އަސަރު ކޮށްފައިވާ އިގްތިސާދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް