ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 11:46
\"ސާތު ނިބާނާ ސާތިޔާ\"ގައި ގޯޕީ ބަހޫ އާއި ކޯކިލާގެ ނަމުން މަޝްހޫރު ވި ދެ ތަރިން
"ސާތު ނިބާނާ ސާތިޔާ"ގައި ގޯޕީ ބަހޫ އާއި ކޯކިލާގެ ނަމުން މަޝްހޫރު ވި ދެ ތަރިން
ގޫގުލް
"ސާތު ނިބާނާ ސާތިޔާ" 2
"ސާތު ނިބާނާ ސާތިޔާ" އެނބުރި ސްކްރީނަށް
ސީޒަން 2 ދައްކަން ހަމަޖެހިފައިވާ ތާރީޙެއް އަދި ހާމަކޮށްފައެއް ނުވޭ
ބެލެވޭގޮތުގައި މި ފަހަރުވެސް ޑްރާމާއިން ކޯކިލާ އާއި ގޯޕީ ފެނިގެންދާނެ

ހިންދީ ޑްރާމާ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގެ ދެވަނަ ސީޒަނެއް ވަރަށް އަވަހަށް އަންނަން އުޅޭ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

މި ޑްރާމާ ސިލްސިލާ އަކީ 2010 ވަނަ އަހަރު ސްޓަރ ޕްލަސް އިން ގެނެސްދޭން ފެށި ޑްރާމާއެކެވެ. މި ފަހަރު މި ސިލްސިލާ ސްޓަރ ޕްލަސްގެ އިތުރުން ހޮޓްސްޓަރ އިން ބަލައިލެވޭނެއެވެ. ސީޒަން 2 ދައްކަން ފަށާ ތާރީޙެއް އަދި ކަނޑައެޅިފައި ނުވީ ނަމަވެސް ޙަބަރުތައް ބުނާ ގޮތުން އޮކްޓޯބަރު މަހު ތެރޭގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

ބެލުންތެރިންގެ މެދުގައި ގޯޕީ ބަހޫ އާއި ކޯކިލާގެ ކެރެކްޓަރުން މަޝްހޫރުވެގެންދިޔަ މި ޑްރާމާ ސިލްސިލާ ދެހާސް ދިހަ ވަނަ އަހަރުން 2017 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންގޮސްފައިވެއެވެ. ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި މި ޑްރާމާގެ އެކި ސީންތައް މިހާރު ވެސް ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ދައުރުވެއެވެ.

ބެލެވޭގޮތުގައި މި ފަހަރުވެސް ޑްރާމާއިން ކޯކިލާ އާއި ގޯޕީ ފެނިގެންދާނެއެވެ.

- ކޮމެންޓް