ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 17:13
ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ޓިމް ސޯޔާ
ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ޓިމް ސޯޔާ
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
އުދަނގޫތަކާއި ކުރިމަތިވި ނަމަވެސް ލިކުއިޑިޓީ ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން: ޓިމް ސޯޔާ
 
ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންވާ ކަންކަމަށާއި މުހިންމު ޓީޓީތަކަށް އިސްކަންދެވޭނެ
 
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެހެން ބޭންކުތަކޭ އެއްފަދައިން ބީއެމްއެލް އަށްވެސް ބޮޑެތި ގޮންޖެހުންތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައި
 
ލިކުއިޑިޓީ އަށް އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުން

ކޮވިޑް-19 އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައްވުމާއި އެކު ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު ލިކުޑިޓީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބީއެމްއެލް އިން ކުރިއަށް ގެންދިޔަ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ އެމްޑީ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެހެން ބޭންކުތަކޭ އެއްފަދައިން ބީއެމްއެލް އަށްވެސް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ލިކިއުޑިޓީ އާއި އުފެއްދުންތެރި ނޫން ލޯނުތަކެއް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށާއި ގައުމުގެ އާމްދަނީ ދަށްވުމާއި އެކު ލިކުޑިޓީ އަށް ވެސް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ.

ޓިމް ވަނީ މިވަގުތު ދިމާވެފައިވާ ދަތި ހާލަތާއި މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

އޭގެއިތުރުން ޓިމް ވަނީ މި ދަތިތަކާއެކު ވެސް ލިކުއިޑިޓީ ދެމެހެއްޓުމަށް ބޭންކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެ ވަގުތަކަށް ލިބެންހު ރި މިންވަރަކަށް ބަލައި އިސްކަން ދޭންޖެހޭ ދާއިރާތައް ކަނޑައަޅައި އެކަންކަމަށް އިސްކަންދޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންވާ ކަންކަމަށާއި މުހިންމު ޓީޓީތަކަށް އިސްކަންދޭނެ ކަމަށް ޓިމް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ ފުރުސަތު ބީއެމްއެލް އަށް ލިބިފައިވާ ކަމަށާއި މިކަންކަމާއި ގުޅިގެން ހަލުވި ފިޔަވަޅުތަކެއް އަޅައި ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޓިމް ވިދާޅުވިއެވެ. ހަމައެއާއި އެކު ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމަށް، ސަރުކާރާއި އެމްއެމްއޭ އާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ޕާޓްނަރުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ޓިމް ވިދާޅުވިއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ކުރިއަށް ގެންގޮސްފައިވާ އިރު، އެ ޖަލްސާގައި ކުންފުނީގެ ހިއްސާދާރުން ވަނީ ހިއްސާ އަކަށް 26 ރުފިޔާ ބަހަން ފާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް