ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 13:13
ސުޝާންތް އާއި ރިއާ
ޕިންކު ވިލާ
ސުޝާންތުގެ މަރު
ސުޝާންތުގެ މަރާއި ގުޅިގެން ތިން ވަނަ ފަހަރަށް ރިއާ އާއި ސުވާލުކޮށްފި
ރިއާ އާ ސުވާލުކޮށްފައިވަނީ ސީބީއައި އިން
ރިއާގެ ބޭބެ ޝޯވިކް ޗަކްރޮބޮތީ އާއިވެސް ސުވާލުކޮށްފައިވޭ

ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕޫތްގެ މަރާއި ގުޅިގެން ތިންވަނަ ފަހަރަށް އޭނާގެ ލޯބިވެރިޔާ ތިއާ ޗަކްރޮބޮތީ އާއި ސުވާލުކޮށްފިއެވެ.

އޭނާ އާއި ސުވާލުކޮށްފައި ވަނީ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިންނެވެ. އޭނާ ސުވާލުކުރުމަށް ގެންދިޔައިރު އޭނާގެ ބޭބެ ޝޯވިކް ޗަކްރޮބޮތީ އާއިވެސް ވަނީ ސުވާލުކޮށްފައެވެ. މިފަހަރު އޭނާ އާއި ސުވާލުކޮށްފައި ވަނީ ސުޝާންތުގެ އެކައުންޓުން ކޮށްފައިވާ މުއާމަލާތްތަކާއި ގުޅިގެންނާއި ޗެޓްތަކެއްގައި ދައްކާފައިވާ ޑްރަގާއި ގުޅޭ ވާހަކަތަކާއި ގުޅޭގޮތުންކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ. ހަމައެހެންމެ ސުޝާންތުގެ އެއްވެސް މެންޓަލް އިލްނެސްއެއް ހުރިތޯ ވަނީ ސުވާލުކޮށްފައެވެ. އޭނާގެ ބޭބެއާއި ސުވާލުކޮށްފައި ވަނީ 2019 ވަނަ އަހަރު ޔޫރަޕަށް ކުރި ދަތުރަކާއި ގުޅޭގޮތުންނެވެ.

ސުޝާންތުގެ މަރުގެ މައްސަލަ ސީބީއައިގެ އިތުރުން އިންޑިއާގެ އެންފޯސްމެންޓް ޑިކްޓޮރޭޓާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ސީބީއައިގެ ޓީމުން އެންފޯސްމެންޓް ޑިކްޓޮރޭޓްގެ ޓީމާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން މުމްބާއިގެ ފުލުހުންނާއި އެންފޯސްމެންޓް ޑިކްޓޮރޭޓްއިން ވަނީ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ފިލްމު "ޖަލޭބީ" އިން ފެނިގެން ދިޔަ ރިއާ އާއި ސުވާލުކޮށްފައެވެ.

ސުޝާންތުގެ ފްލެޓްގައި އޭނާ މަރުވެފައި ހުއްޓާ ފެނުނީ ޖޫންމަހުގެ 14ވަނަ ދުވަހުއެވެ. އޭނާގެ މަރުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ އޭނާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ކަމާބެހޭ އިދާރާތަކުން އަންނަނީ ސުވާލުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް