ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 19:09
ބެއިރޫތު ޕޯޓުގައި ކާޑުގެ ބާވަތްތައް ރައްކާ ކޮށްފައި ހުރި ގުދަންތައްވެސް ވަނީ މި ހާދިސާގައި ސުންނާފަތިވެގެން ގޮސްފައި
ބެއިރޫތު ޕޯޓުގައި ކާޑުގެ ބާވަތްތައް ރައްކާ ކޮށްފައި ހުރި ގުދަންތައްވެސް ވަނީ މި ހާދިސާގައި ސުންނާފަތިވެގެން ގޮސްފައި
ސީ.އެން.އެން
ބޭރޫތުގައި ގޮވި ބާރުގަދަ ގޮވުން
ލުބުނާނުގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެ: އދ
އެތައް ބަޔަކު ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެ
ފަޤީރުކަމުގެ ނިސްބަތްވެސް ފާއިތުވި އަހަރުތަކުގައި ވަނީ އިތުރުވެފައި
ލުބުނާނުގެ ފައިސާގެ އަގުވެސް ވަނީ ބޮޑުތަނުން ވެއްޓިފަ

ލުބުނާންގެ ވެރިރަށް ބެއިރޫތްގެ ބަނދަރުމަތީ ސަރަޙައްދުގައި ގޮވި ބާރުގަދަ ގޮވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގައި އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

އދ އިން ހުޅަނގު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަނުން އާދިއްތަ ދުވަހު ބުނީ، މި އަހަރު ނިމެންވާއިރަށް އދ ގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހި، އެތައް ބަޔަކު ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އދ އިން ވަނީ ބެއިރޫތު ޕޯޓުގައި ކާޑުގެ ބާވަތްތައް ރައްކާ ކޮށްފައި ހުރި ގުދަންތައް ވެސް ސުންނާފަތިވެގެން ދިއުމާއެކު، އެކަމުގެ ސަބަބުން ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ދަތި އުނދަގޫތައް ބަޔާންކޮށް، ވީ އެންމެ އަވަހަށް ކާޑު ގުދަންތައް އަލުން ބިނާ ކުރުމަށް ލުބުނާނުގެ ސަރުކާރަށް ގޮވާލާފައެވެ.

ބެއިރޫތު ބަނދަރުގައި ބާރުގަދަ އެއްޗެއް ގޮވި ޙާދިސާގެ ކުރިންވެސް އެ ލުބުނާން އޮތީ އިޤްތިސާދީ އަނދަވަޅެއްގެ ތެރޭގައި ކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ފަޤީރުކަމުގެ ނިސްބަތް ވެސް ފާއިތުވި އަހަރުތަކުގައި އިތުރުވެ، ލުބުނާނުގެ ފައިސާގެ އަގު ވެސް ވަނީ ބޮޑުތަނުން ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް